ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑރ.މުޢިއްޒު ޑޯޓުޑޯއަށް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑރ.މުޢިއްޒު ޑޯޓުޑޯއަށް!

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑރ.މުޢިއްޒު މާލޭގައި ޑޯޓުޑޯ ކެމްޕެއިނެއް ފައްޓަވައިފިއެވެ.

މިކަމާގުޅިގެން ޕީއެންސީ ބުނެފައިވަނީ ބުރާސްފަތި ދުވަހާއިހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑޯޓޫޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެގޮތުން މެންދުރު 2:00 އިން 3:00 އަށް ރައީސުލްޖުމްހޫރިއްޔާ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގެ ހަރަކާތްތަކަށް ރައީސް ނިކުމެވަޑައިގަންނަވާއިރު، ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސްވަނީ އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މިއަދު އޮންލައިން