ފިޔަވަޅުތައް އަޅަންފާށާނީ ޕާކިން ސްޓްރަކްޗަރތައް އަޅާ ނިމި ޕާކިން ޒޯންތައް ދެއްކޭ ހިސާބުން: ވަޒީރު އިޙްސާން

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިޔަވަޅުތައް އަޅަންފާށާނީ ޕާކިން ސްޓްރަކްޗަރތައް އަޅާ ނިމި ޕާކިން ޒޯންތައް ދެއްކޭ ހިސާބުން: ވަޒީރު އިޙްސާން

ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅުތައް އަޅަންފާށާނީ ޕާކިން ސްޓްރަކްޗަރތައް އަޅާ ނިމި ޕާކިން ޒޯންތައް ދެއްކޭ ހިސާބުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ ޓްރެފިކް މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނީ 2 ކަމެއް ހާސިލްކުރެވިގެން ކަމަށާއި އެގޮތުން ޕާކިންގ ޒޯންތައް ދެއްކޭ ހިސާބުން ކުރިންވެސް އަޅުއްވަމުން ގެންދެވި ފިޔަވަޅުތައް އަޅުއްވަން ފަށްޓަވާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

"އެއް ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އެ އާދަކާދަ އަށަގަނެވިގެން، ޕާކްކުރުން މަނާ ތަންތަނުގައި ޕާކް ނުކުރަން، ދެވަނަ ކަމަކަށް އަޅުގަނޑު ހަމަ ގަބޫލުކުރަން، ސައިކަލްތައްވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ، ވިސްނުމަކީ ޕާކިން ސްޓްރަކްޗަރތައް އަޅާ ނިމި ޕާކިން ޒޯންތައް ދެއްކޭ ހިސާބުން ފެށިގެން، ކުރިންވެސް އެންފޯސްމަންޓުން އަޅަމުން އައި ހުރިހާ ފިޔަވަޅުތަކެއް އެޅުން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ މާލޭ މަގު މަތިން ނަގާފައެވެ.

 

މިއަދު އޮންލައިން