އެސްޑީއެފް ބިލު އެމްޑީޕީން ބޭރުކޮށްލީ އޮޅުވާލައިގެން ގަސްތުގައި: ޕީއެންސީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 51ސ
އެސްޑީއެފް ބިލު އެމްޑީޕީން ބޭރުކޮށްލީ އޮޅުވާލައިގެން ގަސްތުގައި: ޕީއެންސީ

އެސްޑީއެފް ބިލު އެމްޑީޕީން ބޭރުކޮށްލީ އޮޅުވާލައިގެން ގަސްތުގައި ކަމަށް ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުން ތުހުމަތުކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ އެ ބިލަށް ވޯޓަށް އެހިއިރު ޕީއެންސީގެ މެމްބަރަކު ތަޅުމުގައި ވަޑައިގެން ނެތީ އެންޓިޑިފެކްޝަން ބިލު ދިރާސާކުރާނެ ކޮމިޓީއަކާ މެދު ޚިޔާލުތަފާތުވުމުން، ޕީއެންސީގެ މެމްބަރުން އިހުތިޖާޖުކުރެއްވުމުގެ ގޮތުން މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެން ތިއްބަވަނިކޮށްކަމަށެވެ. އަދި އެ މެމްބަރުންނަށް އެންގެވުމަކާއި ނުލައި ވޯޓަށް އެއްސެވުމުން ވޯޓު ދޭނެ ފުރުސަތު ސަރުކާރުގެ މެމްބަރުންނަށް ލިބިވަޑައި ނުގަތީކަމަށް ސިރާޖު ވިދާޅުވިއެވެ.

މުހިންމު ބިލުތަށް އުޒުރުވެރި އެއްވެސް ސަބަބެއް ނެތި ބޭރުކޮށްލުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް މޫސާ ސިރާޖް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން