ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ދަނީ ފެންނަމުން: އެމްއެމްއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ދަނީ ފެންނަމުން: އެމްއެމްއޭ

ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ފެންނަމުންދާކަމަށް  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން އެމްއެމްއޭގެ ފަރާތްތަކާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ. އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ 2023 ގެ ފަހުން ޕަބްލިކް ބޭންކް އޯވަރޑްރާފްޓް ފެސިލިޓީ ނުވަތަ ރުފިޔާ ޗާޕުނުކޮށް ދައުލަތުގެ ޚަރަދުތައް ހަމަޖެހިގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރަން ޖެހޭ ހާލަތެއް ވެސް މިހާތަނަށް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް އެކި ދިމަދިމާލުން ޚަރަދުތައް ކުޑަކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝްފްލޯ މެނޭޖުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް އިމާދު ވިދާޅުވިއެވެ. 

ސެކިއުރިޓީސް އިޝޫކޮށްގެން ޑޮމެސްޓިކް މާކެޓުން ވެސް ނަގާފައިވަނީ 200 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއްކަން އިމާދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން