ދަތިޙާލުގައިވެސް ބައިވެރިޔާ ތިމާއާއި ވަކިނުވެ އެކުގައި ހުރުމަށް އެދޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަތިޙާލުގައިވެސް ބައިވެރިޔާ ތިމާއާއި ވަކިނުވެ އެކުގައި ހުރުމަށް އެދޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

އެންމެ ގިނައިން ޝަކުވާ ލިބޭ އެއްކަމަކީ ދަތިޙާލަތެއް ކުރިމަތިވުމުން ބައިވެރިޔާ ތިމާ ދޫކޮށްލާފައިދާ މައްސަލައެވެ. އެހެންކަމުން އަހުރެންގެ ވިސްނުން ހާމަކޮށްލާނަމެވެ.  

ބައިވެރިޔާ ތިބާ އާއިއެކު ދިރިއުޅެނީ ތިބާގެ ކިބައިން ކަންތައްތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައިކަމަށްވާނަމަ އެކަންކަން ޙާޞިލުނުވާން ފެށުމުން ތިބާ ދޫކޮށްލާފައި ދުރަށްދާނެއެވެ. އެއީ ޝައްކުވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ.  

ބައެއް މީހުން ބުނަނީ ގިނައީ އެފަދަ ބައިވެރިން ކަމަށެވެ. ނަމަވެސް އަހުރެންގެ ވިސްނުމުގައި އެކަން ތަފާތެވެ. އެއީ އެހައި ގިނަ ބައެއް ނޫނެވެ. އެފަދަ ކަންކަން މެދުވެރިވުމުން އެކަމުގެ ވާހަކަތައް ދެކެވޭލެއް ގިނަކަމުން އެކަން އެގޮތަށް ވިސްނެނީއެވެ.

އަހުރެން ބުނާނީ ދަތިޙާލެއް ކުރިމަތިވުމުން ވަކިވެގެންދާ ބައިވެރިން ގިނަވާ ސަބަބަކީ ކައިވެނިކޮށްގެން އުޅޭއިރު ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީ، އަޅައިނުލެވޭތީ، ލޯބިނުވެވޭތީ ކަމަށެވެ. ތިމާ ސަލާމަތުން ހުރިއިރު ބައިވެރިޔާއަށް އިހުމާލުވެފައިވާނަމަ ދަތިޙާލެއްގައި ޖެހުމުން ދެން އުޅެންޖެހޭނެ ޙާލާއިމެދު އެމީހުން ވިސްނަނީއެވެ.  

ހަމައެއާއިއެކު އަޅާނުލައި ފަރުވާކުޑަކޮށްލާފައިވާ ދުވަސްތަކެއް މާޒީވެގެން ދިއުމުން ދެމީހުންގެ މެދުގައި އޮތް ލޯބިކެނޑި ފޫހިކަމަށް ބަދަލުވަނީއެވެ. ނަތީޖާއަކަށްވަނީ ދަތިޙާލުގައި އެކުގައި އުޅުމަކީ މުހިންމު ކަމެއް ނޫންކަމަށް ޤަބޫލުކުރެވެނީއެވެ. މިކަންކަން އެނގެނީ މިޙާލަތު ކުރިމަތިވާ މީހުންގެ ޥާހަކަތަކުންނެވެ.  

ކިތަންމެ ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ވަކިނުވެ އެކުގައި އުޅެން މަސައްކަތްކުރާ ދެމަފިރިންގެ ކަންކަމަށް ބެލުމުން އެނގެނީ އެދެމަފިރިންނަކީ ކައިވެނިކުރީންސުރެ ވަރަށް ލޯބިން އެކގައި އުޅެމުން އަންނަ ބައަކު ކަމެވެ. ނަތީޖާއަކަށްވަނީ އުފެދިފައި އޮންނަ ހަމްދަރުދީ ބޮޑުކަމުން ކޮންމެ ޙާލެއްގައިވެސް ވަކިނުވެ އެކުގައި އުޅެން ބޭނުންވުމެވެ. އަދި އެއީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށްވެސް ޤަބޫލުކުރެވުމެވެ.  

ކުރުކޮސްލަމާ ހިނގާށެވެ! ޚުލާޞާއަކީ ދަތިޙާލެއްގައި އުޅެން ޖެހުމުން ބައިވެރިޔާ ތިމާއާއި ވަކިވެގެންދާ އެންމެ ބޮޑު ސަބަބަކީ އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވި އެކުގައި އުޅެވެމުން އަންނަ ކަމެވެ. އެކަން އިޞްލާޙްކޮށްފިނަމަ މައްސަލައަށް ރަނގަޅު ޙައްލެއް ލިބޭނެއެވެ.  

- ކައިވެނީގެ މައްސަލަތައް ޙަލުކުރަން ލަފާދޭ ދުނިޔޭގެ ފެންވަރުގެ މީހެއްގެ ޥާހަކައަކުން

މިއަދު އޮންލައިން