ދުނިޔޭގައި ޢަޤޫބާތް ދެއްވުމަކީ ﷲ ތަޢަލާގެ ލޯބިވެވޮޑިގަތުން ލިބުމުންވެސް ކުރިމަތިކުރައްވަވާ ކަމެއްކަން ޙަދީޘުން-

ކިޔުމަށް ހޭދަވާނީ 3މ 58ސ
ދުނިޔޭގައި ޢަޤޫބާތް ދެއްވުމަކީ ﷲ ތަޢަލާގެ ލޯބިވެވޮޑިގަތުން ލިބުމުންވެސް ކުރިމަތިކުރައްވަވާ ކަމެއްކަން ޙަދީޘުން-

ޢާއިޝަތު ރަފާޙް ޢަލީ

 

عَنِ الْحَسَنِ أَنَّ رَجُلًا مِنَ الصَّحَابَةِ رَأَى امْرَأَةً كَانَ يَعْرِفُهَا فِي الْجَاهِلِيَّةِ فَكَلَّمَهَا ثُمَّ تَرَكَهَا فَجَعَلَ الرَّجُلُ يَلْتَفِتُ وَهِيَ تَمْشِي فَصَدَمَهُ حَائِطٌ فَأَثَّرَ فِي وَجْهِهِ فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأْخَبَرَهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا عَجَّلَ عُقُوبَتَهُ فِي الدُّنْيَا 

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ޒަމާނުގައި ފިރިހެނަކު ހިނގާފައި ދަނިކޮށް އޭނާ ދަންނަ އަންހެނަކު ފެނުނެވެ. ދެން އެއަންހެން މީހާއާއި ވާހަކަ ދެއްކުމަށްފަހު އެތަން ދޫކޮށް ދިޔައެވެ. އަދި ދަމުން ފަހަތް ބަލަމުން ދަނިކޮށް ފާރެއްގައި މޫނު ޖެހި، އޭނާގެ މޫނު ހަލާކުވިއެވެ. (މޫނަށް އަނިޔާ ލިބުނެވެ.) ދެން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް މިޚަބަރު ދިޔުމުން ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ އަޅަކަށް ހެޔޮގޮތް މެދުވެރި ކުރައްވަން އެދިވަޑައިގަންނަވާނަމަ، ދުނިޔޭގައި އޭނާއަށް ޢުޤޫބާތްތައް (އުނދަގޫތައް) މެދުވެރި ކުރައްވައެވެ." 

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. 

އަނަސްގެފާނު ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

"إذا أراد الله بعبده الخير عجل له العقوبة في الدنيا، وإذا أراد بعبده الشر أمسك عنه بذنبه حتى يُوَافِيَ به يومَ القيامة".

މާނައީ: "ﷲ ތަޢާލާ އަޅަކަށް ހެޔޮގޮތް ވުމަށް މެދުވެރި ކުރައްވާފިނަމަ ދުނިޔޭގައި ޢުޤޫބާތް ދެއްވައެވެ. އަދި ނުބައި ގޮތް ވުމަށް މެދުވެރި ކުރައްވާފިނަމަ އެކަން ޤިޔާމަތް ދުވަހަށް ލަސްކުރައްވައެވެ." 

މި ޙަދީޘްތަކުން ލިބޭ ބައެއް ފައިދާތައް: 

·  މުޞީބާތްތައް ދިމާވާނެކަން އަދި އެކަންތައްތަކަށް ކެތްތެރިވުން

·  ހެޔޮކަންވެސް އަދި ނުބައި ކަންކަންވެސް އަންނަނީ ﷲ ތަޢާލާގެ ފަރާތުންކަން

·  ނުބައި ކަންކަން ކުރުމުން ރައްކާތެރިވުމުގެ މުހިއްމުކަން

·  ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށް ކުޅަދުއްވަންތަ ރަސްކަލާނގެކަން އަބަދުވެސް ހަނދާންކުރުން

·  ނިޢުމަތްތަކަށް ޝުކުރުވެރިވުން

·  ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އޯގާތެރިކަން

·  މުޞީބާތްތަކަކީ މުއުމިނުންނަށް އޮތް ހެޔޮކަމެއްކަމުގައި ޤަބޫލުކުރުން

މިއަދު އޮންލައިން