ދިވެހިންގެ އެކުވެރިކަމާ އެހީތެރިކަން ބޮޑުކަން ބޮޑުކަން- މުޞީބާތްތަކުން ދިވެހިން ސަލާމަތްކުރައްވަވާ ސަބަބެއް!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދިވެހިންގެ އެކުވެރިކަމާ އެހީތެރިކަން ބޮޑުކަން ބޮޑުކަން- މުޞީބާތްތަކުން ދިވެހިން ސަލާމަތްކުރައްވަވާ ސަބަބެއް!: ޑރ. ޝަހީމް

މިއަދުވެސް އެހީތެރިކަމަށް ބޭނުންވެގެން ތިބި އެތައް ހާސް ބައަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. ބޭސްފަރުވާ ކުރުން ފަދަ ކަންކަމުގައި ދައުލަތުގެ އެހީތެރިކަން ބޮޑު މިންވަރަކަށް ލިބުނަސް ސަލާންޖެހޭ ޙާލުގައި އުޅެންޖެހިފައިވާ އެތައް ހާސް ބައަކު އެބަތިއްބެއެވެ. އަދި ގިނަ ބައަކު އެފަދަ މީހުންނަށް އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. 

ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާ ބައެކެވެ. ތިރީގައި ބަޔާން މިކުރަނީ އެކަން ފާހަގަ ކުރައްވައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

ﷲ ތައާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ދިވެހިންގެ މައްޗަށް އަބަދުވެސް ވަރަށް ބޮޑެވެ! އެކަމަށްޓަކައި ޝުކުރުވެރިވާންވާނެއެވެ! އިޚްލާޞްތެރިވާންވާނެއެވެ! 

ދިވެހިންނަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތރެރިވާ ބައެކެވެ. އެކުވެރި ބައެކެވެ. ދިވެހިންނަށް ކުރިމަތިވާ މުޞީބާތްތަކުން ﷲ ތަޢާލާ ދިވެހިން ސަލާމަތްކުރައްވަވަމުން ގެންދަވަނީ އެކަންކަމުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުޞަތު އެބަ އޮތެވެ. 

ދަތިޙާލަތެއް ކުރިމަތިވުމުން ހުރިހާ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަކީ އެއްވެސް ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާށެވެ! ވީމާ މިހާލަތުގައި ރައްޔިތުންނަށް އޮތީ ކެތްތެރިވުމެވެ. ޛިކުރުކޮށް ދުޢާ ކުރުމެވެ. ޝކުރުވެރިވުމެވެ. 

ސަބަބުތަކުގައި ހިފައިގެންތިބެ މުޞީބާތްތަކުން އަރައިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ދަތިޙާލަތަކަށްފަހު އުފާވެރިކަން މިންވަރު ކުރައްވަވާނެތެވެ. އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިއޮންނާނެ ކަމެއް ނޫނެވެ. އައްޔޫބްގެފާނުގެ ސިޔަރަތުން ލިބިގެންދާ އެއް ފިލާވަޅަކީ އެއީއެވެ! 

އައްޔޫބްގެފާނަށް ކުރިމަތިވެވަޑައިގެންނެވި އެ ބޮޑު މުޞީބާތުގައި 18 އަހަރު ހޭދަކުރެއްވެވިއިއރުވެސް ވަގުތުތައް ހޭދަކުރެއްވެވީ އަޅުކަން ކުރެއްވެވުމާއި ޛިކުރު ކުރެއްވެވުމުގައެވެ. މިއީ މިއަދު އަޅުގަނޑުމެން ވެސް ސާބިތުވާންވީ ކަންކަމެވެ. މުޞީބާތުން އަޅުގަނޑުމެންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

 

މިއަދު އޮންލައިން