ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅުން: އަނބިއަނބިކަނބަލުން ދެރަފުޅުވެވަޑައިގަންނަވަންޖެޙޭ ޙާލަތުގަ އުފާވެރިކަން ހޯއްދަވައިދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅުން: އަނބިއަނބިކަނބަލުން ދެރަފުޅުވެވަޑައިގަންނަވަންޖެޙޭ ޙާލަތުގަ އުފާވެރިކަން ހޯއްދަވައިދެއްވެވި!

ޢާއިލާގެ އެހެނިހެން ފަރުދުންނާ ޖެހޭ އެކިއެކި މައްސަލަތަކާއި އެނޫން ކަންކަމާ އެކަނބަލުން ދެރަފުޅުވެވަޑައިގެން ހިތާމަކުރައްވާ ކަމުގައިވާނަމަ އެކަލޭގެފާނު އެކަނބަލުންނަށް އުފާވެރިކަން ގެނެސްދެއްވައި އުދާސްތަކާއި ހިތްދަތިކަން ފިއްލަވައިދެއްވިއެވެ: 

އެކަލޭގެފާނު އެކަން ކުރައްވަނީ ނުހަނު ޙިކުމަތްތެރިކަމާއި ޙިލުމުވެރިކަމާއެކުއެވެ. މައްސަލަ ވީހާވެސް ލުއިކޮށް ފަސޭހައިން ހައްލުވާނޭ ފަދަ ގޮތަކަށެވެ. ބައެއް ފިރިން ހަދާހެން ކޮންމެވެސް އެއްކޮޅަކަށް ޖެހި ނުވަތަ ވަކި އަނބަކަށް ލެނބި މައްސަލަ އިތުރަށް ގޯސްވެގެން ދާނޭ ގޮތަކަށް ނޫނެވެ. 

އެއް ފަހަރަކު، ޙަފްޞާ رضي الله عنها ޞަފިއްޔާ رضي الله عنها އަކީ ޔަހޫދީއެއްގެ ދަރިއެއް ކަމަށް ބުނިކަމަށް ޞަފިއްޔާ رضي الله عنها އަށް ޚަބަރު ފޯރިއެވެ. އެހިނދު އެކަމަނާ އެކަމާ ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި އެޙާލުގައި އިންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވަޑައިގެންނެވުނެވެ. 

ފަހެ، ސުވާލުފުޅު ކުރެއްވިއެވެ: "ما يبكيكِ". "ކަމަނާ ކީރިތި ކުރައްވަނީ ކޮންކަމަކާ ހެއްޔެވެ؟". އެހިނދު ކަން ހިނގިގޮތް އެކަމަނާ ކިޔައިދެއްވުމުން ޙަދީޘްފުޅު ކުރެއްވިއެވެ: 

"إنّكِ لابنةُ نبيٍّ، وإنَّ عمّكِ لنبيٌّ، وإنّكِ لتحتَ نبيٍّ، ففيمَ تفخرُ عليكِ؟". 

"ހަމަކަށަވަރުން ކަމަނާއަކީ ނަބިއްޔެއްގެ (ހާރޫން عليه السلام) ދަރިކަނބަލެކެވެ. އަދި ހަމަކަށަވަރުން ކަމަނާގެ ބޮޑުބޭބޭފުޅަކީ (މޫސާ عليه السلام) ވެސް ނަބިއްޔެކެވެ. އަދި ކަމަނާ (އަނބެއްގެ ގޮތުގައި) ތިޔަވަނީވެސް ނަބިއްޔެއްގެ ބެލުމުގެ ދަށުގައެވެ. ފަހެ އެކަމަނާ ކަމަނާގެ މައްޗަށް ފަޚުރުވެރިވެވަޑައިގަންނަވަނީ ކޮންކަމެއްގެ މައްޗަށް ބާވައެވެ؟".

صحيح الترمذي 3055. 

ފަހެ ނަބިއްޔާ صلى الله عليه وسلم މިމައްސަލަ ޙައްލު ކުރެއްވިލެއް ފުރިހަމަކަން ދެކިލައްވާށެވެ. އެއްވެސް އެކަލޭގެފާނު ފަރުވާ ކުރައްވަން އަވަސްވެވަޑައިގެންނެވީ ސީދާ މައްސަލައިގެ މައިގަނޑު ނުގުތާއަށެވެ. އަދި މައްސަލައިގެ ޙައްލު އަމާޒު ކުރެއްވީ ވެސް ސީދާ އެނުގުތާއަށެވެ. އެއަށް ޖަވާބު ދެއްވުމަށް ފަހު ނިންމަވާލެއްވީއެވެ. ބައެއް މީހުން ހަދާހެން، ޙައްލަށް ބޭނުންޖެހިފައިން އަނބިކަނބަލުން އުފާކޮށްދެއްވަން ނުވަތަ ރުއްސެވުމައްޓަކައި އަނެއް އަނބިކަނބަލުންގެ އައިބު ވާހަކަތައް ދައްކަވައި، ކުޑައިމީސް ބަސްފުޅުތަކެއް ރައްދެއް ނުކުރައްވައެވެ. ކުރު ސާފު ޢިބާރާތްފުޅުން ކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވައި، އަނބިކަމަނާއަށް ތަސައްލީ ހޯދަވައިދެއްވުމަށް ފަހު މައްސަލަ އިސާހިތަކު މައްސަލަ ޙައްލުކޮށްލެއްވެއެވެ. 

ނުނިމޭ 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން