ތިމާ ނެތް ދުވަހަކުވެސް ދަރިންނަކީ ދީނަށް ޢަމަލުކުރާނެ ކުދިން ކަމުގައި ހަދަން ކުރަން އޮތީ ކޮން ކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިމާ ނެތް ދުވަހަކުވެސް ދަރިންނަކީ ދީނަށް ޢަމަލުކުރާނެ ކުދިން ކަމުގައި ހަދަން ކުރަން އޮތީ ކޮން ކަމެއް؟

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ތިމާ ދުނިޔޭގައި ބެތް ދުވަހަކުން ތިމާގެ ދަރިންނަކީ އިސްލާމް ދީނަށް ޢަމަލުކުރާނެ ކުދިންކަމުގެ ޔަޤީންކަން އޮތް ބެލެނިވެރިން ވަރަށް މަދުވެއްޖެއެވެ. މިހެން ބުނަންޖެހެނީ ތިމާގެ ކުރިމަތީގައި ތިބެގެންވެސް އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދުކުރާ ކުދިންވެސް މަދުކަމުންނެވެ.

އެކަމަށް އޮތް ޙައްލަކީ ދަރިން ތަރުބިއްޔަތުކުރުމުގައި އެކަމަށް ވިސްނައިގެން ކަންކަން ކުރުމެވެ. ޤުރްއާނާއި ސުންނަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރުމެވެ. އަދި ތިމާ ދީނަށް ޢަމަލުކޮށް ނަމޫނާ ދެއްކުމެވެ.

ތިރީގައިވާ ލިޔުމަށް ވިސްނަވައި ޢަމަލުކުރައްވަން މަސައްކަތްކުރައްވާށެވެ!

ޞަޙާބީންގެ ތެރެއިން ސުހައިބުއްރޫމީ އަކީ މައްކާއަށް ބޭރުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތަނަވަސްކަން ލިބިވަޑައިގަތީ މައްކާގައި ކުރެއްވެވި މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދިނާއަށް ހިޖުރައަށް ވަޑައިގަންނަވަން އުޅުއްވެވުމުން މައްކާގެ މުޝްރިކުން އެކަމަށް ހުރަސް އެޅިއެވެ. އަދި ހުރިހާ މުދަލެއް ދޫކުރައްވާފައި ނޫނީ ވަޑައިނުގެންނެވޭނެ ކަމަށް ދެންނެވިއެވެ.

އެހިނދު އެމީހުން އެދުނުފަދައިން ހުރިހާ މުދަލާއި ތަނަވަސްކަން ދޫކޮށްލެއްވެވިއެވެ. ހިޖުރައަށް ވަޑައިގަތީ ހަމައެކަނި ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅާއިއެކުގައެވެ.

މިފަދަ ތަރުބިއްޔަތެއްއ ލިބިވަޑައިގަތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުންނެވެ. އެހެން ގޮތަކުން ނޫނެވެ. އެފަދަ ބޭފުޅުންނާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަނީ މަދަޙަ ޢާއި ތައްރީފްގެ އާޔަތްތައް ބާވައިލައްވަވައިފައެވެ. އަމިއްލަފުޅު މުދައުވެރިކަން ޤުރްބާން ކުރައްވަވާފައި ﷲ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި "ބައްލަވައިގަތުން" ﷲ ވަނީ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

ނޫޙުގެފާނާއި އެހެނިހެން ރަސޫލް ބޭކަލުންނަށްވެސް ﷲ ތަޢާލާ ބާވައިލެއްވެވީ ހަމަ އެއް ދީނެވެ. އެއީ އިސްލާމް ދީނެވެ. ﷲ ތައާލާ އަންގަވާފައިވަނީ އެދީނާއި އެއްގޮތަށް ދިރިއުޅުމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަން އެ ދީނާއި އެއްގޮތަށް ބައްޓަން ކުރުމަށެވެ.

ޞަޙާބީން ވަނީ އެބޭކަލުންގެ އަމިއްލަފުޅު ނަފްސްތަކާއި ހުރިހާ މުދަލެއް ﷲ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިން ޤުރްބާން ކުރައްވައިފައެވެ. އަޅުގަނޑުމެންވެސް ޢަމަލުކުރަންވީ ހަމަ މިއުޞޫލުންނެވެ. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތު ކުރަންވީ ހަމަ މިއުޞޫލުންނެވެ. ކޮންމެ ކަމެއްވެސް ﷲ އެންގެވި ގޮތަށް ކުރުމަށެވެ. އިސްލާމް ދީނަކީ އެއީއެވެ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން