ކޮންމެ މީހަކީވެސް ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަކުރައްވަވާނެ އަޅަކަށް ވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އޮތް މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ މީހަކީވެސް ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަކުރައްވަވާނެ އަޅަކަށް ވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އޮތް މީހެކެވެ!

ކޮންމެ މީހަކީވެސް ﷲ ތަޢަލާގެ އަޅެކެވެ. އަހަރެމެން އެންމެންނަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ.

ދުނިޔޭގައި މީސްތަކުންގެ އަޅުންގެމަތިން އެ އަޅުންގެ ޞާޙިބުން ހަނދާނެއް ނުކުރެއެވެ. އެއީ އެއްވެސް އަގެއްހުރި ބައެއްގެ ގޮތަކުވެސް ނުދެކެއެވެ.

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެ އަޅަކަށްވުމުގެ ފުރުޞަތު މިވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ކުރަން އޮތް ކަމަކީ ހަމައެކަނި މިއާޔަތް ހަނދުމަކޮށް ޢަމަލުކުރަންވީއެވެ!

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)

ވީމާ ލިބޭ ކޮންމެ ވަގުތަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކަށް ﷲ ތަޢާލާ އެމިހާގެ މަތިން ހަނދުމަކުރައްވަވާނެތެވެ! އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުން ކަމުގައިވާއިރު މިއީ ދެއްވަވާފައިވާ ކިހައި މަތިވެރި ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހިފުން ގިނަކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތާއި ކުއްތަންވާން ގަދައަލައި ަމސައްކަތް ކުރާށެވެ! ހުރިހާ ކުރިއެރުމެއްވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން