8 އަންހެން ދަރިން ބަލައި ބޮޑުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިންނާ ޙަވާލުކުރި މަންމައަކާ ބައްޕައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
8 އަންހެން ދަރިން ބަލައި ބޮޑުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިންނާ ޙަވާލުކުރި މަންމައަކާ ބައްޕައެއްގެ ވާހަކަ-

3 އަންހެން ކުދިންނާއި ގުޅެން މަސައްކަތްކޮށްފީމެވެ. ހުރަސް އެޅެނީ ޢިއްފަތްތެރިކަން ގެއްލިފައިވާކަން އެނގުމުން ފޫހިވާތީއެވެ. އަޅުގަނޑުގެ ސުވާލަކީ މިޒަމާނުގައި ކައިވެނިކުރާނެ ޢިއްފަތްތެރި އަންހެނަކު ލިބިދާނެތޯ؟ ޢިއްފަތްތެރި އަންހެނުން ތިބޭނެތޯ؟  

ޖަވާބުގައި ބުންނަންޖެހެނީ ޢިއްފަތްތެރިކަން ނަގައިލާ އަންހެނުންނާއި ފިރިހެނުން ގިނަވި ނަމަވެސް ޢިފަތްތެރިން މިހާރުވެސް އެބަ ތިބިކަމަށެވެ. އަޚްލާޤް ވަރަށް ރަނގަޅު ކުދިން އެބައުޅޭކަމަށެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޔަޤީންކޮށްލެއްވޭނެއެވެ.  

"އަޅުގަނޑުމެންގެ މަންމައާއި ބައްޕައަށް 9 ދަރިން ލިބުނުއިރު އެއިގެ ތެރެއިން 8 ދަރިންނަކީ އަންހެންދަރިންނެވެ. ހުރީ އެންމެ ފިރިހެން ދަރިއެކެވެ. 

8 ކުދިންވެސް އުޅެނީ އަމިއްލަ ދިރިއުޅުމުގައެވެ. ބައެއްކުދިން ފުރަތަމަ ކައިވެނިމަތީގައެވެ. ބައެއް ކުދިން ވަރިވުމަށްފަހު ރުޖޫޢަކޮށްގެންނެވެ. އަނެއްބައިކުދިން ދެވަނަ ފިރިމީހާ އާއިއެކުގައެވެ. އެކަން މެދުވެރިއެވަނީ އެކުއްޖަކަށް ގުޅުވޭ ބައިވެރިއެއްގެ ގޮތުންނެވެ. މިޒާޖާއި އެހެން ކަންކަންވެސް ތަފާތުވުމުންނެވެ.  

އެހެންކަމާއިއެކުވެސް އަޅުގަނޑަށް ޔަޤީންކަމާއިއެކު ބުނަންކެރިދާނެއެވެ. އަޅުގަނޑުމެން 8 ބެއިންގެ ތެރޭގައި ކައިވެންޏާއި ނުލާ ގުޅުމެއް ހިންގި ކުއްޖަކު ނުހުންނާނެއެވެ. މިބުނަނީ  ކައިވެނީގެ ބޭރުން އެއްވެސް މީހަކާ (ހިލޭ ފިރިހެނަކާ) ހިންގުން ހުއްދަ ނޫން އެއްވެސް ގުޅުމެއް ހިންގި ހަމަ އެއްވެސް ކުއްޖަކު ނުހުންނާނެ ވާހަކައެވެ!"  

(މިއީ ކަމެއްގެ މަޢުލޫމާތު ސާފުކުރަން މިއަދުނޫހަށްގުޅި، މިއަދުނޫހަށް އޭނާ އާއި އޭނާގެ ޢާއިލާވެސް ރަނގަޅަށް އެނގޭ ފަރާތަކުން ބުނި ވާހަކައެކެވެ. މިވާހަކަކޮޅުގެ އަގު މިއަދު ރަނަށްވުރެވެސް ބުރަބޮޑުވުމުން ކިޔުންތެރިންނަށް ދަންނަވައިލީއެވެ.  

އެކުދިން ތަރުބިއްޔަތުކުރި މަންމައަށާއި ބައްޕައަށް އަދި ސާބިތުކަމުގައި ތިބި އެކުދިންނަށް ﷲ ހެޔޮރަޙްމަތް މިންވަރުކުރައްވަވާށި! އެކުދިންގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާށި! އާމީން)

މިއަދު އޮންލައިން