މިހާރަކަށް އައިސް ބައެއް ކަނބަލުން ޙިޖާބް އެޅުއްވި ނަމަވެސް ފައި ދޫކޮށްލައެވެ. ބައެއް ފަހަރު ހެދުން ކަށިމަތީމެދުގައިވެސް އެބަހުރެއެވެ. މިއީ އިޞްލާޙްކޮށްލަން ޖެހޭ ކަމެކެވެ.
ޝައިޚް ޢިއްޒުއްދީން ޢަދުނާން ވިދާޅުވީ ލިޔުމުގައި ޢަރަބިބަހުން އެއިން ޕޯސްޓަގައިވެސް ފާހަގަކޮށްފައި އެވަނީ ބައެއް ކަނބަލުން ޝަރުޠު ހަމަނުވާގޮތަށް ޙިޖާބް އަޅާތީ އެކަން އިޞްލާޙްކުރުމުގެ މުހިންމުކަން ކަމަށެވެ.

އަދި މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެއްކަމަށްވެސް ޝައިޚް ޢިއްޒުއްދީން ވިދާޅުވިއެވެ.
ކޮންމެ ކަމަކުން ވެސް ފައިދާކުރާނީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި ކުރުމުންނެވެ. މިފަދަ ކަންކަމުގައި އިހްމާލްވެވެނީ އޮންނަ ގޮތް ރަނގަޅަށް ނުއެނގޭތީ ކަމަށް ބެލެވެއެވެ. ގިނަ ބޭކަނބަލުން ރަނގަޅު ގޮތް އެނގުމުން އިޞްލާޙްކުރައްވައެވެ.