ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ މީހަކުނަމަވެސް އިޚްލާޞްތެރިކަމާއިއެކު ނިކަން މިހެން ދަންނަވާބަލަ! ހުޅުއްވަވައި ދެއްވަވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ މީހަކުނަމަވެސް އިޚްލާޞްތެރިކަމާއިއެކު ނިކަން މިހެން ދަންނަވާބަލަ! ހުޅުއްވަވައި ދެއްވަވާނެ!: އިން ޝާ ﷲ

ރީތި ތާރީޚެއް އަންނަންދެން ބަލަން ނުހުންނާށެވެ! ރަނގަޅު ވަޤުތެއް ޖެހްނދެންވެސް ބަލަން ނުހުންނާށެވެ! ނަމާދެއް ކުރާށެވެ! އަދި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދަންނަވާށެވެ.  

"ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ތަޢާލާގެ ޙަޟްރަތާއި ދުރުވެގެން ހުރެވިއްޖެއެވެ. ފާފަތަކެއްވެސް ކުރެވިއްޖެއެވެ. އެކަން ވިސްނި މިހުރީ އިނބަ ﷲ ގެ ޙަޟްރަތަށް އެނބުރި ޙާޟިރުވެގެންނެވެ. މިގޮތުގައި ޘާބިތުވެ ހުރުމަށް މިއަޅާއަށް ތައްފީޤް ދެއްވަވާނދޭވެ!"  

މިވެނި ކަމެއް ﷲ ތަޢާލާ ނިންމަވާނީ މިވެނި ގޮތަކަށްކަމަށް ބުނަން އެނގޭނެ ހަމައެކަކުވެސް ނުހުންނަވާނެއެވެ. ނަމަވެސް ވަރަށް ކެރިހުރެ ބުނަން ކެރިދާނެއެވެ. ހިތުގައި އިޚްލާޞްތެރިކަން ބާއްވައިގެން މިފަދައިން ބުނެފިނަމަ އެމީހަކަށް ރަޙްމަތް ލައްވަވައި އެމީހަކަށް ބަންދުވެފައި ހުރި ދޮރުތައް ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

މިހެން ބުނަން މިކެރެނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ތައުބާވުމުން އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެކަމަށް ﷲ ތަޢާލާ ކީރިތި ޤުރްޢާނުގައި ވަޙިކުރައްވަވާފައި އޮތުމުންނެވެ.  

- މަޢުލުމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން  

މިއަދު އޮންލައިން