ކުރާ އަޅުކަމުގެ ޘަވާބު 10 ގުނައިން 700 ގުނައަށް އިތުރުކުރެވެން އޮތްމަގު އިޚްތިޔާރުކޮށް ފައިދާ ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުރާ އަޅުކަމުގެ ޘަވާބު 10 ގުނައިން 700 ގުނައަށް އިތުރުކުރެވެން އޮތްމަގު އިޚްތިޔާރުކޮށް ފައިދާ ލިބިގަންނާށެވެ!

ކޮންމެ މުސްލިމަކުވެސް އަޅުކަން ކުރަނީ ވީހާ ގިނަ ޘަވާބު ދެއްވެވުން އެދިގެން ކަމަށްވާއިރު ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް މަދުވެގެން 10 ސަވާބު ދެއްވަވާނެކަމަށް އޮތް ނަމަވެސް އެ އަދަދު 700 ގުނައަށް އިތުރުކުރުމުގެ މަގު މިޙަދީޘްފުޅުން މިއޮތީ ފެންނާށެވެ!  

"ތިއަބައިމީހުންގެ މީހެއްގެ އިސްލާމްކަން ރަނގަޅުކޮށްފިނަމަ އެމީހަކު ކުރާ ކޮންމެ ހެޔޮ ކަމެއް 10 ގުނައިން ފެށިގެން 700 ގުނައާއި ދެމެދު ލިޔުއްވޭ ހެއްޓެވެ. އަދި ކުރާ ކޮންމެ ފާފައެއް އެ ފާފައަކާ އެއްވަރަށެވެ!" (ޞަޙީޙް ބުޚާރީ: 42) 

އެމަގަކީ އެމީހެއްގެ އިސްލާމްކަން ރަނގަޅުކުރުމެވެ. އިސްލާމްކަން ރަނގަޅުކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި އެމީހަކު ސާބިތުވާ މިންވަރެވެ. ފާފަތަކަށް އަރައި ނުގަތުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ.  

މި ޙަދީޘްފުޅުން އެނގިގެން މިދަނީ މިބުނެވުނު ކަންކަމުގައި އެމީހަކު ސާބިތުވި މިންވަރަކުން އެމީހާ ކުރާ ހެޔޮ ޢަމަލުތަކަށް ﷲ ތަޢާލާ ދެއްވަވާ ސަވާބު އިތުރުކުރައްވަވާނެ ކަމެވެ. ވީމާ ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިކަން އިސްކުރާށެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްގަ އާއި ކުރާ އަޅުކަމުގައިވެސް އިޚްލާޞްތެރިކަން އިސްކުރާށެވެ! 10 ގުނައިގެ ބަދަލުގައި 700 ގުނަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!  

10 ގުނައިން ބަލައިފިނަމަ 700 ހަމަވާނީ 70 ފަހަރުންނެވެ! ނަމަވެސް ހަމަ އެންމެ ފަހަރަކުން 700 ހަމަކުރުމުގެ ފުރުޞަތު ﷲ ތަޢާލާ އެވަނީ ދެއްވަވައިފައެވެ. ބޭނުން ހިފުން އޮތީ އެމީހާގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން