ޚުޠުބާ: އިސްލާމީ އުންމަތް މިއޮތީ ބަލިކަށިވެ ފަލަސްޠީން ޙިމާޔަތްކުރަން ނުކުޅެދިފަ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޚުޠުބާ: އިސްލާމީ އުންމަތް މިއޮތީ ބަލިކަށިވެ ފަލަސްޠީން ޙިމާޔަތްކުރަން ނުކުޅެދިފަ

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަހަރެމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައެވެ. މި ކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދު ވެސް، އަހަރެމެންގެ މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމެވެ. މި އުންމަތުގެ މީސްތަކުންގެ ޢަދަދާއި ޤުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ. އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ! މާތް ﷲ އާއި ރަސޫލާ zގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު، ކުރިމަތިލަމާ ހިނގާށެވެ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެކެވެ. 

މާތް ﷲގެ އަޅުތަކުންނޭވެ! އަޅަމެންގެ ސާހިބާ މުޙައްމަދު ނަބީކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! 

މިއަދު އޮންލައިން