ކަސްރަތަށްވިޔަސް ޝައިޠޯނާ ބުނާ ގޮތަށް މިއަދު ފެތީމާ ޤިޔާމަތް ދުވަހު ތިބާގެ އަމިއްލަ ދަލުގެ ކޯރުގަ ފަތަންޖެހި ތިބާ އިތުރަށް ޣަރަޤުކުރުވާނެކަން ހަމަ ނޭނގެނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކަސްރަތަށްވިޔަސް ޝައިޠޯނާ ބުނާ ގޮތަށް މިއަދު ފެތީމާ ޤިޔާމަތް ދުވަހު ތިބާގެ އަމިއްލަ ދަލުގެ ކޯރުގަ ފަތަންޖެހި ތިބާ އިތުރަށް ޣަރަޤުކުރުވާނެކަން ހަމަ ނޭނގެނީތަ؟

ޤިޔާމަތް ދުވަހަކީ މިއަދު އަހުރެމެންނާއި ބައްދަލުމިކުރާފަދަ އާދައިގެ ދުވަހެއް ކަމަށް ހީވެސް ނުކުރާށެވެ! އެއްކަމަކަށް އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުން ދުނިޔޭގައި ތިބެ ކުޅަފާފަތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ.  

އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމައަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އެކި މީހުން އެކިވަރަށެވެ. ނޯށުކުރިއާ ހަމައިގައިވެސް ދަލުގެ ފެންގަނޑު ވާނެއެވެ. އަދި އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެ ބައަކުވެސް ތިބޭނެއެވެ. 

އެދައުތަކުގެ ތެރޭގައި ފަތާއިރު ދުނިޔޭގައި ފަތަންޖެހި މިޔުޒިކާއި ފަތަން އެޅި ބަރަހަނާ ހެދުން ތިބާ އިތުރަށް ފެންގަނޑަށް ޣަރަޤުކުރުވާނެތެވެ. ވަކިކަމެއް ނޫނެވެ. ތިބާ ކުރި ހުރިހާ ފާފަތެކެވެ. މިޔުޒިކާއި ގުޅުވާލަން މިޖެހުނީ ޝައިޠޯނާ ކަންކަން ފަރުމާކޮށް ތަރައްޤީޚުރަމުން އަންނަ ގޮތުން މިހާރު ފެތުމުގެ ކަސްރަތުގެ ފައިދާވެސް ކުރރާކަމަށްވަނީ އިބިލީހުގެ އަޑުފޮށިބަހައްޓައި އަޑު އިއްވުމުންނެވެ. އެންމެ ބޮޑަށް ފައިދާކުރާކަމަށްވަނީ ބިކިނީ، ޓައިޓް ފަދަ ފޭރާން ލައި ބަރަހަނާވެސް ވާންކެރުނުވަރަކުން ކަމަށް މިއޮތީވެފައެވެ.   

ވިސްނައިލާށެވެ! 50،000 އަހަރަށް ދެމިގެންދާ ޤިޔާމަތްދުވަހު 50،000 އަހަރު ނިމި ނަރަކައަށް ވައްދަވަންދެން އެ 50،000 އަހަރު އެކުގައި ފަތަންޖެހުނު ނަމަވެސް މަރެއްވެސް ނުވެވޭނެތެވެ! ޖެހޭނީ ހަމަ ފަތަފަތައި އޮންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން