ޚުޠުބާ: ޢީދު ކުޅިވަރުތަކުގަ އޮތީ އެހެން ދީންތަކުގެ ކަންކަން ކޮޕީކުރުމެއް ނޫން! އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ކަންކަން ކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޚުޠުބާ: ޢީދު ކުޅިވަރުތަކުގަ އޮތީ އެހެން ދީންތަކުގެ ކަންކަން ކޮޕީކުރުމެއް ނޫން! އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ކަންކަން ކުރުން-

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް މި އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުންނެވެ. ދެން ފަހެ މިއީ ކެއުމާއި ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަހަކެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيْقِ عِيْدُنَا أَهْلَ الْإِسْلَامِ، وَهِيَ أَيَّامُ أَكْلٍ وَشُرْبٍ)[2] މާނައީ: "ހަމަކަށަވަރުން ޢަރަފާތްދުވަހާއި، ޤުރްބާންކުރާ ދުވަހާއި، (އެބަހީ އަޟުޙާ ޢީދު ދުވަހާއި)، އަދި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ، އަހަރެމެން އިސްލާމްދީނުގެ އަހުލުވެރީންގެ ޢީދެވެ. އަދި އެއީ ކެއުމާއި ބުއިމުގެ ދުވަސްވަރެކެވެ." 

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހެއެވެ. ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް  އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ.  ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ.

"ފަހެ ހަމަކަށަވަރުން އަހަރެމެންވީ އެންމެ ދެރަ ނިކަމެތީންގެ ގޮތުގައެވެ. ދެން ފަހެ މާތް  އަހަރެންނަށް އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވިއެވެ. ފަހެ މާތް  އަހަރެމެންނަށް ޢިއްޒަތްތެރިކަން ދެއްވި ކަންތައް ފިޔަވައި އެހެން ކަމަކުން އަހަރެމެން ޢިއްޒަތް ހޯދަން އުޅެފި ނަމަ، މާތް  އަހަރެމެން ނިކަމެތިކުރައްވާނެކަން ދަންނާށެވެ!"[3] اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ، وَلِلّٰهِ الْـحَمْدُ.

މިއަދު އޮންލައިން