ޢީދުގެ އުފާ ޙާޞިލްކުރަމުންދާއިރުވެސް ކާމިޔާބު މީހެއްގެ ގޮތުގަ ނޫނީ ހަމައެކަކުވެސް ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޢީދުގެ އުފާ ޙާޞިލްކުރަމުންދާއިރުވެސް ކާމިޔާބު މީހެއްގެ ގޮތުގަ ނޫނީ ހަމައެކަކުވެސް ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް!

ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! އެންމެ 2 ރަކްއަތް ކުރިނަމަވެސް ރޭއަޅުކަންކުރިކަމަށް އެބަވެއެވެ. 2 ރަކްޢަތުގައި އެންމެ 10 އާޔަތް ކިޔަވާލައިފިނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅެއްކަމުގައިވެގެންދެއެވެ. 

ކުރިއަށް މިދަނީ ޢަޟްޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކުޅިވަރުތައްކުޅެ އުފާކުރާށެވެ! ނިކަމެތިންގެ މަތިން ހަނދާންކޮށް ވެވުނު ވަރަކުން ހެޔޮކޮށް ހިތާށެވެ. 

ހަމަ އެއާއިއެކު ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވާށެވެ. ފަރުޟު އަދާކޮށްލާފައި ރަވާތިބް ސުންނަތް ނުކޮށް ދޫކޮށްނުލާށެވެ! ޢިޝާ ނަމާދަށްފަހު ވިތުރިގެ 3 ރަކްޢަތް ކޮށްލާށެވެ! ދަމުނަމާދަށް ހޭލަން މަސައްކަތްކުރާށެވެ. އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލާށެވެ! 

އުފާކުރުމުގެ ފުރޫޞަތު ދެއްވަވައި މަގުފަހިކޮށްދެއްވަވަނީ ﷲ ތަޢާލާއެވެ. ތިބާ ކުޅިވަރުތަކުގައި ބައިވެރިވެ އުފާކުރަމުންދާއިރު ތަފާތު ސަބަބުތައް ދިމާވެ ޢީދުގެ އުފަލުގައި ބައިވެރި ނުވެވޭ ޙާލުގައި ހަމަ ތިބާގެ ރަށުގައި އަދި ތިބާގެ އަވަށްޓެރިންގެ ތެރޭގައި ކިތައް މީހުން ތިބިކަން ހަނދާންކޮށްލާށެވެ. ވީމާ ތިބާއަށް ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވާށެވެ! 

ކާމިޔާބު މީހަކަސް ވެވޭނެ މަގު ވަނީ ވަރަށް ފަސޭހަކޮށް ދެއްވަވައިފައެވެ. ހަމަކަށަވަރުން ކާމިޔާބު މީހުންނަކީ އާޚިރަތް ކާމިޔާބުކުރެވޭ މީހުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން