ކައިވެންޏަށް އެދިގެން ކުރަން އެންމެ ރަނގަޅު ދުޢާ: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައިވެންޏަށް އެދިގެން ކުރަން އެންމެ ރަނގަޅު ދުޢާ: ޢުމަރު ސުލައިމާން

ކައިވެންޏަށް އެދިގެން ކުރަން އެންމެ ރަނގަޅު ދުޢާ އާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އަންހެނުންވެސް ފިރިހެނުންވެސް ސުވާލުކުރެއެވެ. ވީމާ އަހުރެން މިބުނަނީ އަހުރެންނަށް ފެންނަ އެންމެ ރަނގަޅު ދުޢާއެވެ.

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ 

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ" (އަލް ޤަޞަޞް: 24). 

މޫސާގެފާނު މިދުޢާ ކުރެއްވެވީ ހުރިހާ ކަމަކުން ގޮތްހުސްވެފައި ހުންނެވި ޙާލުކޮޅުގައެވެ. އަތްޕުޅުގައި ފަރިއްކުޅުއްވަވާނެ އެއްޗެއް ނެތެވެ. ބޯހިޔާވަހިކަމެއް ނެތެވެ. މިހެން ގޮސް އިންށާނާއަށް ބޭނުންވާނެ ހުރިހާ ކަމަކުން މަޙްރޫމްވެވަޑައިގެން ހުންނެވި ޙާލުކޮޅުގައެވެ. 

ދެނެވަޑައިގަންނަވާ ހަމައެކަކުވެސް ނެތް ބޭރު ރަށެއްގައި އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތި ހުންނަވަން ޖެހިވަޑައިގަތުމުން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމެއް ކަމެއް ނެތެވެ. ލިސްޓް ދިގުކަމުން އެއްވެސް ކަމެއް ބަޔާންނުކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެހީތެރިކަމަށް އެދިވަޑައިގެންނެވީއެވެ. ކައިވެނިފުޅަކީވެސް ބޭނުންފުޅުވެވަޑައިގެން ހުންނެވި ކަމެކެވެ. 

އެހެން ﷲ ތަޢާލާގެ ޙިތްޕުޅަށް މޫށާގެފާނަށް އެހީތެރިވެވަޑައިގަތުމުގެ ވިސްނުންފުޅު ދެއްވެވީއެވެ. މޫސާގެފާނު ގެންނަވައި ދަރިކަނބަލުންނާއި ކައިވެނިފުޅުކޮށްދެއްވެވީއެވެ. އެކަމުގެ ސަބަބުން އެވަޤުތައް މޫސާގެފާނަށް ބޭނުންފުޅުވެފައިވާ ހުރިހާ ކަންކަން ފުދިވަޑައިގަތެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން