މީހަކާ ނީންދެވޭގޮތަށް ހަދާފައިވާ ސިހުރުން ފެންނާނެ ޢަލާމާތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މީހަކާ ނީންދެވޭގޮތަށް ހަދާފައިވާ ސިހުރުން ފެންނާނެ ޢަލާމާތްތައް-

އަޅުގަނޑުމެންގެ އެންމެ ދޮށީދައްތައަކީ ޢާއިލާގައި ހުރި އެންމެ ރީތި އަދި އަޚްލާޤްވެސް އެހައި ރަނގަޅު ކުއްޖާއެވެ. ކައިވެނިކުރަން މަސައްކަތްވެސް ކުރެއެވެ. 2 ފަހަރަކު ތާރީޚުވެސް ކަނޑައަޅައިފިއެވެ. ނަމަވެސް ކޮންމެވެސް މައްސަލައެއް ޖެހި ކައިވެނި ނުކުރެވެނީއެވެ. 

އަބަދު އެގޮތަށް ދިމާވާތީ ބެލެވެނީ ކޮންމެވެސް މީހަކު ދޮންތައަށް ކައިވެނިނުކުރެވޭނެ ގޮތަށް ކޮންމެވެސް ކަމެއް ކޮށްގެން އުޅެނީ ކަމަށެވެ. އެކަން ދެނެގަނެވޭނެ ޢަލާމާތްތަކަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ 

މީހަކާ ނީންދެވޭގޮތަށް ހަދާފައިވާ ސިހުރެއް ޖެހިފައިވާކަމަށް ވަނީނަމަ ކއިވެނި ކުރަން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ކައިވެންޏަށް ހުރަސް އެޅޭގޮތްވެދާނެއެވެ. އެއީ އޭނާ ކިތަންމެ ބޮޑަށް ބޭނުންވެގެން އަދި ކައިވެނިކުރަން އުޅުންކަމުގައިވީނަމަވެސް އެއްގޮތަކަށްވެސް އެކަން ކުރެވޭނެ ގޮތެއް ނުވެއެވެ. 

އަދި ކައިވެންޏެއްކުރަން މިސާލަކަށް ހަމަ ހަމަޖައްސާފައި އޮއްވާ ވާނުވާއެއް ނޭންގި އެއްވެސް  ސަބަބެއްނޭންގި ހަމަ އެކައިވެނި ރޫޅޭގޮތް ނުވަތަ ނުކުރެވޭގޮތްވެސް ވެދާނެއެވެ. އަދި ކައިވެނި ކުރިކަމުގައި ވީނަމަވެސް އެނގުމެއް ނުވާގޮތަށް އެއްވެސް ތާކުންތާކު ނުޖެހޭ އެއްވެސް ސަބަބެއް ނެތި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހުން ފަދަ ކަންތައްތައްވެސް ދިމާވެދާނެއެވެ.  

އެބާވަތުގެ ކަންތައްތަކުން އެކަން ފާހަގަކުރެވޭނެއެވެ.   

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން