އެއްވަނަ އުޑުން އެނގެން ހުރި ކަންކަމުގެ ތެރެއިން ކުޑަމިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އެއްވަނަ އުޑުން އެނގެން ހުރި ކަންކަމުގެ ތެރެއިން ކުޑަމިންވަރެއް!

އަހުރެމެންނަށް އިރު މިފެންނަނީ ކުޑަކުޑަ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް އިރުގެ ބޮޑުމިނަށް ނިކަން ވިސްނައިލަބަލާށެވެ! އިރުގެ މޫނުމަތި ފުރާލަން 1.3 މިލިއަން ދުނިޔެ ބޭނުންވެއެވެ.

އިރު އެހައި ދުރުން ފެންނައިރުވެސް އިރުންވާ ހޫނުން މިއުޅެނީ ކެތްނުކުރެވިގެންނެވެ. ދެން ވިސްނައިލަންވީ އެއިރު ޤިޔާމަތް ދުވަހު މީސްތަކުންނާއި މޭލަކަށް ކައިރިކުރައްވަވާފައިވާނެއިރު ހޫނު ގަދަވާނެ މިންވަރަށެވެ! އެކަން މިއަދު އިޙްޞާޞްވެސް ކުރެވޭނީ ކިހިނަކުންހެއްޔެވެ؟

އިރަކީވެސް ހަމަ އެންމެ "ތަރި" އެކެވެ. ގެލެކްސީގައި އެތައް މިލިއަން މިލިއަން ތަރިތައް ވެއެވެ. ކައުނުގައި އެތައް ޒިލިއަން ގެލެކްސީތަކެއް ވެއެވެ. މިހުރިހާ ތަކެއްޗެއް ދައުރުކުރެއެވެ. ހުއްޓި ހުންނަނީއެއް ނޫނެވެ. ނަމަވެސް އެކްސިޑެންޓެއް ނުވެއެވެ!

ﷲ ތައާލާ 7 އުޑު އުފައްދަވާފައިވާއިރު މިހުރިހާ ތަކެތި ވަނީ ހަމައެކަނި އެންމެ ތިރީ އުޑުގައެވެ. ދެންހުރި އުޑުތަކާއި އެތަންތަނުގެ ބޮޑުމިނަށް ނިކަން ވިސްނައިލަބަލާށެވެ! އެ އުޑުތަކުގައި ވާނެ ކަންތައްތަކަށް ނިކަން ވިސްނައިލަބަލާށެވެ!

ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކި ކަމުގައި މިކަންކަން ނުވަނީ ހެއްޔެވެ؟ ވިސްނައި ފިކުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން