ގިނަބައަކު ކައިވެނިނުކޮށް ތިބެ ފާފަތައް ކުރަމުންގެންދަނީ ރަނގަޅު ބައިވެރިއަކު ނުލިބިގެނެއް ނޫން! ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާއާއި ދުނިޔޭގައި ހުރެގެން ކައިވެނިކުރަން ބޭނުންވާތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ގިނަބައަކު ކައިވެނިނުކޮށް ތިބެ ފާފަތައް ކުރަމުންގެންދަނީ ރަނގަޅު ބައިވެރިއަކު ނުލިބިގެނެއް ނޫން! ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާއާއި ދުނިޔޭގައި ހުރެގެން ކައިވެނިކުރަން ބޭނުންވާތީ!: މުފްތީ މެންކް

ބައެއް މީހުން ކައިވެނިނުކޮށް ފާފަކުރުނަމަތީގައި ތިބެނީ ކައިވެނިކުރާނެ ބައިވެރިއަކު ނުލިބިގެނެއް ނޫނެވެ. ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާއާއި ދުނިޔޭގައި ހުރެގެން ކައިވެނިކުރަން އެދެވޭތީއެވެ. އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟

ލިބިފައި ހުރި އީމޭލްތައް ކިޔަމުންދަނިކޮށް ފެނުނު މެސެޖެކެވެ. އޭނާ ބުނެފައިވަނީ "މިސިފަތައް ހުރި މީހަކު ފެނިއްޖެނަމަ އޭނާ އާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. ވީމާ އެފަދަ މީހަކާއި ބައްދަލުވެއްޖެނަމަ އޭނާއަށް އަންގައިލަ ދިނުމަށެވެ. ދެން އޭނާ ބޭނުންވާ ސިފަތައް ކަމަށް ބަޔާންކޮށްފައިވަނީ އިސްކޮޅުން ދިގު، ވަރަށް ރީތި، ވަރަށް ސާފުތާހިރު، ވަރަށް ހިތް ހެޔޮ،  ނަމާދުކުރާ، ވަރަށް ތަނަވަސް، ވަރަށް އަޚްލާޤް ރަނގަޅުވުމެވެ."

ޖަވާބުގައި ބުނީމެވެ. ތިއަ ހުރިހާ ސިފަތައް ހުރި މީހަކު ލިބޭނީ ސުވަރުގެއިންނެވެ. އެހެން ބުނީ ސަބަބެއް އޮތުމުންނެވެ. ނަމާދުކުރާ، އަޚްލާޤް ރަނގަޅު، ހިތް ހެޔޮ މީހުން ތިބޭނެއެވެ. ނަމަވެސް އެމީހާއަކީ އިސްކޮޅުން ދިގު އަދި އެހައި ރީތި މީހަކަށް ނުވެދާނެއެވެ. އަދި އެމީހާއަކީ އެހައި ތަނަވަސް މީހަކަށް ނުވެދާނެއެވެ.

ބުނަން ބޭނުންވަނީ ތިމާ ބޭނުންވާ ހުރިހާ ސިފަތައް ހުރިމީހަކާއި ދުނިޔެއިން ބައްދަލުނުވެދާނެއެވެ. އެއީ ވަރަށް މަދުން ނޫނީ މެދުވެރިނުވުން ގާތް ކަމެކެވެ. ނަމަވެސް އެމީހަކީ ނަމާދުކުރާ، ތަޤްވާވެރި، އަޚްލާޤް ރަނގަޅު، ހިތް ހެޔޮ މީހަކު ކަމުގައިވާނަމަ އެމީހަކު ބަލައިގަންނާށެވެ. އެމީހަކާއިއެކު ދިރިއުޅެން މަސައްކަތްކޮށްފިނަމަ އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ

ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުންވެސް ބަލަންވީ މިބަޔާންކުރި ސިފަތަކަށެވެ. ދެން ހުރި ސިފަތަކަކީ އުފަލުގައި ދިރިއުޅެން ކުރިމަތިވާނެ ހުރަސްތައް ކަމަށް ނުދެކޭށެވެ!

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން