އެކަމެއް ކުރެވުނީތީ ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ މިޢަމަލު ކުރެވޭ މީހުން ގިނަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އެކަމެއް ކުރެވުނީތީ ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ މިޢަމަލު ކުރެވޭ މީހުން ގިނަވަނީ!

ދިރިއުޅުމުގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައެއްގެ ގެތަކުގެ ސިޓިންރޫމްތަކުގައި ހުންނަނީ އަރާމު އަގުބޮޑު ފަރުނީޗަރެވެ! ބަހައްޓާފައި ހުންނަނީ 60 އިންޗިން ފެށިގެން މަތީގެ ބޮޑެތި ޓީވީތަކެވެ. ޢާއިލާ އެކުގައި ޓީވީ ބަލަން ނަމަވެސް އެހެންކަމެއް ކުރަން ނަމަވެސް ސިޓިންރޫމްގައި ތިބެނީ ކުނިވެފައިވާ ޙިމާރެއްގެ ކަށިތައް ވަށައިގެން ކަމަށް ވެގެންދާ މީހުން ގިނަވެއްޖެއެވެ.  

ނުއެނގިތިބެ ނަމަވެސް އެކަން އެގޮތަށް ކަންތައް ކުރެވޭ ޢާއިލާތައް ވަރަށް ގިނަވެއްޖެއެވެ. ޤިޔާމަތް ދުވަހު އެކަމުގެ ހިތާމަ ކުރާނެ ޢާއިލާތައް ގިނަވެއްޖެއެވެ. މީހުން ގިނަވެއްޖެއެވެ. އެކަން އެނގެނީ އަބޫ ހުރައިރާ ރިވާކުރައްވަވާފައިވާ މި ޙަދީޘްފުޅުންނެވެ.  

مَا مِنْ قَوْمٍ يَقُومُونَ مِنْ مَجْلِسٍ لاَ يَذْكُرُونَ اللَّهَ فِيهِ إِلاَّ قَامُوا عَنْ مِثْلِ جِيفَةِ حِمَارٍ وَكَانَ لَهُمْ حَسْرَةً

There are no people who rise from a gathering in which Allah was not mentioned but that it is as if they are rising from the carcass of a donkey, and it will be a cause of regret for them.

Source: Sunan Abu Dawud 4855, Grade: Sahih  

ހަދީޘްފުޅުގައި އޮތީ އެފަދަ ބައްދަލުވުމެއްގައި މީސްތަކުން އެތިބީ މަރުވެފައި އޮތް ހިމާރެއްގެ ކަށިތައް ވަށައިގެން ކަމަށެވެ. ވީމާ ގޭގެ ސިޓިންރޫމްގައި ނަމަވެސް ތިބޭއިރު ﷲ ތަޢާލާގެ މަތިން ހަނދާންކުރާށެވެ! އެއީ ހަމައެކަނި ބޮޑެތި ޖަލްސާތަކާއި ދަރުސްތަކުގައި ކުރަންޖެހޭ ކަމެއް ކަމަށް ނުދެކޭށެވެ!  

ޤިޔާމަތް ދުވަހު އެންމެ ހިތާމަ ކުރާނެ އެއްބައަކީ ބައްދަލުވުންތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރި މީހުންނެވެ. ﷲ ތަޢާލާގެ ނަންފުޅު ނުގަނެ ބައްދަލުވުންތައް ބޭއްވި މީހުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެވެ!  

ނަޞޭޙަތަކީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ. ޓީވީ ބަލަން ނުވަތަ ބޭކާރު ވާހަކަތައް ދައްކަން ހޭދަކުރާ ވަޤުތު މަދުކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވަތެވެ. ލިބެން އޮތް އެބޮޑު ނަޞީބު ލިބިގަންނަން މަސައްކަތްކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން