ދުނިޔޭގަ އެންމެ އުފަލުގަ ދިރިއުޅޭ ދެމަފިރިންނަށްވާން ބޭނުންނަމަ ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދުނިޔޭގަ އެންމެ އުފަލުގަ ދިރިއުޅޭ ދެމަފިރިންނަށްވާން ބޭނުންނަމަ ކުރަން އޮތް ޢަމަލު-

ކައިވެނިކޮށްގެން ތިބޭ މީހުން ކިތަންމެ ގިނަ ނަމަވެސް ކައިވެނީގެ ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވެނީ މަދު މީހަކަށްކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެކަން ޔަޤީންކުރެވެނީ ކައިވެނިކުރިނަމަވެސް ލިބެންޖެހޭ އުފާވެރިކަން ނުލިބޭތީ ގިނަ ބައަކު ޝަކުވާކުރަމުން ގެންދާތީއެވެ. ޝަކުވާކުރާ މީހުންގެ ޢަދަދު ގިނަކަމުންނެވެ.

އެހެންކަމާއިއެކުވެސް އެކަން އެގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނަނީ މަދު މީހެކެވެ. އެންމެންހެން ކުރަނީ ޝަކުވާއެވެ! ޙައްލާއިމެދު ވިސްނައި މަސައްކަތްކުރަން ބޭނުންވަނީ މަދުމީހެކެވެ.

ފުރަތަމަ ކަމަކަށް ކައިވެނި މިކިޔަނީ ދެމީހަކު ގުޅިގެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކުގައި އުޅުމަށެވެ. ވީމާ ކައިވެންޏާއި ހަމައިން 2 މީހުންނަކީ 1 ކަމުގައި ވާންޖެހޭނެއެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ.

މިގޮތުން ދެމީހުން އެކުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރެސްޓޯރަންޓްތަކަށް ގޮސް ކެއުމެއް ނޫނެވެ. ޝޮޕިންމޯލްތަކަށް ގޮސް ބާޒާރުކުރުމެއް ވެސް ނޫނެވެ. އެއީވެސް ތަނަވަސްކަން ހުރިވަރަކުން ކުރަން ހަމަ ރަނގަޅު ކަންކަމެވެ.

ނަމަވެސް ދެމަފިރިން އެކުގައި ކުރަން އެންމެ މުހިންމު އަދި އެންމެ ފައިދާހުރި ކަމަކީ ރޭ އަޅުކަމެވެ. ދަމުނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި ޛިކުރް ކުރުމެވެ. އަހަރެން ހަމަ މުޅި ދުނިޔެއަށް ގޮންޖަހާފައިވެސް ބުނަންކެރިދާނެއެވެ. ދެމަފިރިން އެކުގައި ރޭއަޅުކަންކުރާ ދެމަފިރިއަކަށް ޒަވާޖީ ޙަޔާތުގެ އުފާ ނުލިބި ނުދާނެއެވެ. އިން ޝާ ﷲ

އެފަދަ ދެމަފިރިއަކަށް ތަނަވަސްކަން ނެތި ދަތިހާލުގައި ދިރިއުޅެން ޖެހިދާނެއެވެ! އެއީ ﷲ ތަޢާލާ އެ ދެމަފިރިން އިމްތިޙާން ކުރައްވަވާތީއެވެ! ނަމަވެސް އެ ދަތިތަކާއިއެކުވެސް ދެމަފިރިން ދިރިއުޅެމުން ގެންދާނީ ހަމަ އުފަލުގައެވެ! ލޯބިންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން