ދަރިން ލިބުމުން ވަކިބަހަކުން ނަންކިޔުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދަރިން ލިބުމުން ވަކިބަހަކުން ނަންކިޔުން-

ދަރިން ލިބުމުން ކިޔާނެ ނަމަކާއިމެދު ދެމަފިރިންގެ މެދުގައި ބަހޫސްކުރަންޖެހުމުގެ އިތުރުން ބައެއް ފަހަރު ޢާއިލާގެ ތެރޭގައިވެސް ބަހުސްކުރެވެއެވެ. އެގޮތުން ކުރެވޭ ބަހުސްގައި ނަން ކިޔަންޖެހޭނީ ވަކިބަހަކުން ކަމާއިމެދުގައިވެސް ބަހުސްކުރެއެވެ. މިފަދަ ބަހުސްތަކާއި ގުޅިގެން ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.

ތިރީގައި އެވަނީ ދެޝައިޚުންގެ ބަސްފުޅެވެ. ދެ ޝައިޚުންގެ ބަސްފުޅުންވެސް ސުވާލުގެ ޖަވާބު އެނގިގެންދެއެވެ.

"ދަރިންނަށް ވަކި ބަހަކުން ނަން ކިޔުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ނަންކީ ނަމަވެސް މާނަ ރަނގަޅު ނަމަ މައްސަލައެއް ނެތެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

"ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނާއި މުޚާޠަބް ކުރައްވަވާނީ އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ. މާނައަކީ އެމީހަކަށް ގޮވައިލައްވަވާނީ އެމީހާގެ ބައްޕަގެ ނަން ވެސް ހިމެނޭ ގޮތަށް އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ.

ދަރިއަކު ލިބުމުން ރަނގަޅު ނަމެއް ކިޔުމާއި ތައުލީމްދީ ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ހެޔޮ ލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދިނުމަކީ ބައްޕައިންގެ މައްޗަށް އޮތް ޙައްޤެކެވެ. މިކަންކަން ޙަދީޘްފުޅުތަކުން ސާބިތުވާނެއެވެ." ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންނަށް ކިޔައި އުޅޭ ރިވެތި، މަތިވެރި ނަންތަކުން ދަރިންނަށް ނަން ކިޔުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ. ވިސްނާލަން އޮތް ކަމަކީ ދުނިޔޭގައި އެމީހެއްގެ ނަން ކިތަންމެ ބޮޑަށް މަޝްހޫރިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަމެއް ނެތި ހިނގައިދާނެއެވެ. ވީމާ ރަސޫލްބޭކަލުންނާއި ނަބީ ބޭކަލުން އަދި ޞަހާބީ ބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުމަކީ އެންމެ ރަނގަޅު ގޮތެވެ.

 

މިއަދު އޮންލައިން