މިސްކިތުގެ ޖާގަ ރިޒާވްކުރުން- ކުރެވޭ ނުބައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިސްކިތުގެ ޖާގަ ރިޒާވްކުރުން- ކުރެވޭ ނުބައިކަމެއް!

ބައެއް މީހުން ހުކުރަށް ނުވަތަ އެނޫން ނަމާދުތަކަށްވެސް ނަމާދަށް ދިއުމުގެ ކުރިން މިސްކިތަށްދގޮސް ކުރީސަފުގައި އެއްޗެއް ބާއްވާފައި ނުކުމެގެން އެބަދެއެވެ. އަދި އެއް ނަމާދު ނިމިގެން މިސްކިތުން ފައިބަމުން ކުރީ ސަފުގައި އެއްޗެއް ބާއްވައި ދެން ކުރަން އޮންނަ ނަމާދަށް ޖާގަ ރިޒާވެސް ކުރެއެވެ. އަދި އެކަމަކީ ހުއްދަކަމެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ. 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެކަން ހުއްދަވާނީ ފާޚާނާކުރަން، ވުޟުކުރަން ނުވަތަ ކޮންމެހެން ކުޑައިރުކޮޅަކަށް މިސްކިތުން ފައިބަން މަޖުބޫރުވާފަދަ ޙާލަތްތަކުގައެވެ. އަމިއްލަ ބޭނުންތައް ފުއްދުމަށް ފައިބައިގެންދާނަމަ ހުއްދައެއް ނުވާނެއެވެ. އެހެނީ މިސްކިތުގެ ޖާގައަކީ ކުރިއާލައި ނަމާދަށްދާ ބައެއްގެ ޙައްޤެކެވެ. މިތަނުގައި ނަމާދަށް ދިއުން މާނަކުރެވެނީ ނަމާދުކުރުމުގެ ބޭނުމުގައި މިސްކިތުގައި މަޑުކުރަންދާ ދިއުމަށެވެ. 

ހަމައެއާއިއެކު އެހެން މީހަކަށްޓަކައި ޖާގަހިފަހައްޓައިދިނުމެއްވެސް ނެތެވެ. މިސްކިތަކީ އެންމެން ހަމަހަމަ ތަނެކެވެ. ކޮންމެ މީހަކަށްވެސް ޙައްޤުވެގެންވަނީ އެމީހަކު ނަމާދުކުރާނެ ޖާގައެވެ. އެއަށްވުރެ އިތުރަށް ޙައްޤުވެގެނެއް ނުވެއެވެ. 

އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިކް މުޙައްމަދު ލަޠީފް ވިދާޅުވީ އެގޮތަށް އެކަން ނުކުރަން ނަޞޭޙަތްދެއްވާ ކަމަށައި ނަމަވެސް ބައެއް މީހުން ޤަބޫލުނުކުރަނީ ކަމަށެވެ. 

މާވެޔޮ މިސްކިތަށް ދަރުސްދެއްވަން ވަޑައިގެންނެވި ޝައިޚަކާއި މިމައްސަލައިގައި މިސްކިތުގެ އަހުލުވެރިން ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫންކަމަށެވެ. ސަބަބަކީ މިސްކިތަށް ކުރިން ޑާބައަކަށް ކުރީ ސަފުން ޖާގަލިބެންޖެހޭނެތީއެވެ. ވީމާ އޮތީ ކުރިން މިސްކިތަށްގޮސް ޖާގަހޯދުން ކަމުގައިވާތީއެވެ. 

ކުރިން މިސްކިތަށް ދިއަކަމުގެ ޘަވާބު ދެއްވަވާނީ ކުރިން މިސްކިތަށް ގޮސް ނަމާދަށް އިންތިޒާރުކުރުމުންނެވެ. ކުރީ ސަފުން ޖާގަހޯދިކަމަށްވާނީ ސަފުނުފުރެނީސް ސަފަށް އަރައިފިނަމައެވެ. ރިޒާވްކޮށްގެން ޖާގަހޯދުމަކުން ނޫނެވެ. 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/367065/what-is-the-ruling-on-coming-early-to-jumuah-prayer-then-going-out-for-some-reason-before-the-prayer

 

މިއަދު އޮންލައިން