ނަމާދަށް ފަރުވާކުޑަކުރެވޭނަމަ ހަމައެކަނި މި 2 އާޔަތަށް ބިރުވެތިވެލިޔަސް ނަމާދަށް ސަމާލުކަން އިތުރުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނަމާދަށް ފަރުވާކުޑަކުރެވޭނަމަ ހަމައެކަނި މި 2 އާޔަތަށް ބިރުވެތިވެލިޔަސް ނަމާދަށް ސަމާލުކަން އިތުރުކުރެވޭނެ! އިން ޝާ ﷲ

އަހުރެން ބުނަން ބޭނުންވަނީ ގިނަ ބައަކު ނަމާދުނުކުރަނީ ކުރަން ބޭނުންނުވާތީ ނޫން ކަމަށެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފަރުވާ ކުޑަކުރެވޭތީ ކަމަށެވެ. ބަންގީގެ އަޑު އިވުމުންވެސް ފަހުން ކޮށްލަން ލަސްކޮށްލެވޭތީ ކަމަށެވެ. 

އެފަދަ މީހުން މި2 އާޔަތަށް ވިސްނައިލާށެވެ! 

مَا سَلَكَكُمْ فِي سَقَرَ

"ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"

قَالُوا لَمْ نَكُ مِنَ الْمُصَلِّينَ

"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ."

(އަލް މުއްދަޘިރު: 42،43) 

މީސްތަކުންނޭވެ! ނަމާދުތަކަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ފަރުޟް ނަމާދުތަކަށެވެ. ކޮންމެ ނަމާދެއްގެ ވަޤުތުޖެހުމުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ނަމާދުކުރުމަށެވެ. ނަމާދުތަކަށް ރައްކައުތެރިވާ އަޅުންނަށް ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

މި 2 އާޔަތުންވެސް އެނގިގެންދަނީ ނަމާދުތަކަށް ރައްކައުތެރިވާންޖެހޭ މިންވަރެވެ. ރައްކައުތެރިނުވެވުމަކީ ނަރަކައަށް ވަންނަންޖެހޭނެ ސަބަބެއް ކަމެވެ. ވީމާ ނަމާދަށް ފަރުވާކުޑަކުރަން ހެޔޮނުވާނެ ނޫންހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން