ނިދުމުގެ 3 ސުންނަތް- ޢަމަލުކޮށްފިނަމަ ނިދުމަކީވެސް ޘަވާބު ހޯދެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ނިދުމުގެ 3 ސުންނަތް- ޢަމަލުކޮށްފިނަމަ ނިދުމަކީވެސް ޘަވާބު ހޯދެން އޮތް ކަމެއް!

ނިންޖަކީވެސް ﷲ ތަޢާލާ މިންވަރު ކުރައްވަވާ ނިޢުމަތެކެވެ. ކޮންމެ މީހަކަށްވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ. އަދި ސުންނަތުގައިވާ ފަދައިން ނިދުމަކީ ޘަވާބު ދެއްވަވާނެ ކަމެކެވެ.

މީހާގެ ގައިން ހަކަތަ ހުސްވެ، ނިދިއައިސް ވަރުބަލިވެ ގައިބާރުދާވަރުވަންދެން ހޭލާ އުޅެފައި ގޮސް އެނދަށް ވެއްޓިގަނެގެން ނިދާ މީހުންނަކަށް ނިދުމުން ލިބެން އޮތް ޘަވާބެއް ނުލިބޭނެއެވެ. އެނދުގައި އޮވެގެންވެސް ޓީވީ ބެލުމާއި ފޯނުން ބޭކާރު ކަންކަން ކުރަމުން ނިދާ މީހުންނަކަށްވެސް ނިދުމުން ލިބެން އޮތް ޘަވާބެއް ނުލިބޭނެއެވެ.

ޘަވާބު ލިބޭނީ ސުންނަތުގައިވާ ފަދައިން ޢަމަލުކުރުމުންނެވެ. އަހުރެމެން މުސްލިމުންނަށް އޮތީ ކުރާ ކޮންމެ ކަމެއްވެސް އެކަމެއް ކުރުމުން ޘަވާބު ލިބޭނެ ގޮތަށް ކުރުމެވެ.

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި ރަސޫލާ ﷺ އަވަހާރަފުޅު ލައްޕަވަންވުމުން ވުޟޫކުރައްވަވައެވެ. އަދި ނިދަން އޮށޯވެވަޑައިގަންނަވަނީ ކަނައަތްޕުޅު ފަރާތަށެވެ. އަދި ކަނާތު ކޯފުޅުގައި އަތްޕުޅު ބާއްވަވައެވެ. އަދި ރަސޫލާ ވަނީ އެގޮތަށް ޢަމަލުކުރަން މީސްތަކުންނަށް ވަޞިއްޔަތް ކުރައްވަވައިފައެވެ. ވީމާ ނިދުމުގެކުރިން ވުޟޫކުރުމާއި ކަނައަތްފަރާތަށް އޮވެ ނިދުމާއި ކަނައަތު ކޮލުގައި އަތް ބާއްވައިގެން ނިދުމަކީ ނިދުމުގެ 3 ސުންނަތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/14033/it-is-permissible-to-sleep-on-ones-left-side

 

މިއަދު އޮންލައިން