އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހުންނަށް ޢަޛާބް ލިބެންފަށާނީ ކޮންއިރަކުންތޯ؟: ނަމާދުނުކުރާ މީހަކު މަރުވުމުން ހަށިގަނޑުން ފެނުނު އާދައާ ޚިލާފް ބިރުވެރި ކަންތައްތަކުގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 16ސ
އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހުންނަށް ޢަޛާބް ލިބެންފަށާނީ ކޮންއިރަކުންތޯ؟: ނަމާދުނުކުރާ މީހަކު މަރުވުމުން ހަށިގަނޑުން ފެނުނު އާދައާ ޚިލާފް ބިރުވެރި ކަންތައްތަކުގެ ވާހަކަ-

އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހުންނަށް ޢަޛާބް ލިބެންފަށާނީ ކޮންއިރަކުންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ސީދާ ޖަވާބެއް ދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ ދިރިހުއްޓައިވެސް ޢަޛާބް ދެއްވަވާ ކަމާއި އަދި މަރުވާ ވަޤުތުން ފެށިގެންވެސް ޢަޛާބް ދެއްވަވާ ކަމެވެ. 

ތިރީގައިވާ ވާހަކައަކީ ކުވައިތުގެ މަޝްހޫރު ޝައިޚް މުޙައްމަދު އަލް ނަޤްވީ ވިދާޅުވެފައިވާ ވާހަކައެކެވެ. އޭނާއަށް އެވަނީ މަރުވި ވަޤުތުން ޢަޛާބް ދެއްވަވަން ފަށްޓަވާފައިކަން އެނގިގެންދެއެވެ. ވިދާޅުވެލައްވާށެވެ! 

ނަމާދުނުކުރާ އަދި ދުނިޔޭގައި ހިތަށް އެރިހައި ގޮތަކަށް އުޅޭ މީހުންގެ ތެރެއިން ބައެއް މީހުން މަރުވުމުން އެމީހުންގެ ކިބައިން ވަރަށް އާދައާ ޚިލާފް ތަންތައްތައް ފެންނަ ޙާދިސާތަކުގެ ވާހަކަތައް މިއަދުނޫހުގައި މިގެންދަނީ ޝާއިޢުކުރަމުންނެވެ. އެގޮތުން މިއީވެސް ގިނަގިނައިން ހަނދާންކުރަންޖެހޭ ޙާދިސާއެއްގެ ވާހަކައެކެވެ. 

ހިނަވަން އުޅުނުއިރު އާދައާ ޚިލާފް ބިރުވެރި ކަންތަކެއް ފެނުނު ހަށިގަނޑެއްގެ ވާހަކަ- 

އަހަންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއިއެކު އިތުރު ތިން މީހަކުވެސް ބައިވެރިވިއެވެ.

މިކިޔަިދެނީ އެގޮތުން އެއްދުވަހަކު ގެނެވުނު ހަށިގަނޑެއްގެ ވާހަކައެވެ. ހަށިގަނޑު ބާއްވާފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަތްއިރު ފެނުނީ އެމީހާގެ އާއިލާ މީހުން ރޯމަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮށްޓަކަށް ލާފައެވެ. 

ހިނެވުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮޓަރިން ބޭރަށް ނިކުތުމަށް އަހަރެން އެމީހުންނަށް އިޝާރާތް ކޮށްލީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެށީމެވެ. 

އެއްކޮށް ތައްޔާރުވެ ނިމުމުން އެހަށިގަނޑު ހިނެވުމަށްޓަކައި ފޮށީގެ މަތިގަނޑު ހުޅުވާލީމެވެ. އެވަގުތު އެފޮށީތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ދުވަސް ވެފައިވާހެންނެވެ. 

އަހަންނާއިއެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގާ، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށް ފެން ބަލައެވެ. 

އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއްވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާ އަކީ ވަރަށް ހިކިކޮށް ހުރި މީހެކެވެ. އެހެން ކަމުން އޭނާ އެހާ ބަރުވާންވީ ކީއްވެބާއޭ އަހަރެން ހިތައް އެރިއެވެ. އެމީހާއަށްވުރެ ހަށިގަނޑުން މާބިޔަ މީހުންގެ ހަށިތައްވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާއި ނުލާ ނަގައިގެން ދޮވެފައެވެ. (ފެންވަރުވައިފައެވެ.) 

އިތުރު މީހުންގެ އެހީއާއިއެކު އަހަރުމެން އެހަށިގަނޑު ނަގާ މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ. އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާވެސް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. (ކަޅުވެފައެވެ.) އެއީ ކީއްވެބާއޭ އަހަރެން ހިތަށް  އެރިއެވެ. އެހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާއި އެކު މަސައްކަތް ކުރި މީހުންވެސް ހައިރާންވިއެވެ. ހިނަވާ ނިމުމުން އެކަކު އަަހަރެން ކައިރިއަށް އައިސް ސުވާލުކުރިއެވެ. "އެއީ ކިހިނެއްވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟" ޖަވާބުގައި އަހަރެން ބުނީ އަހަންނަށް ނޭނގޭ ކަމަށެވެ. 

ހިނަވާ ނިމިގެން އެކޮޓަރިން ނިކުތްއިރު އެމީހާގެ އާއިލާ މީހުން އެތަނުގައި މަޑުކޮށްގެން ތިއްބާ ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާއި ބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކު ގާތު އަހަރެން އެވާހަކަ އެހީމެވެ. އޭނާގެ އާއިލާ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

އާއިލާ މީހާ ބުންޏެވެ. އެފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ. 

- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން

 

މިއަދު އޮންލައިން