މިއޮތީ ތިބާ ﷲ ގެ ޙަޟްރަތުން މެހްމާންދާރީއަކަށް ބޭނުންނަމަ ކުރަންވީ ކަންތައް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިއޮތީ ތިބާ ﷲ ގެ ޙަޟްރަތުން މެހްމާންދާރީއަކަށް ބޭނުންނަމަ ކުރަންވީ ކަންތައް!

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ، أَعَدَّ اللهُ لَهُ فِي الْجَنَّةِ نُزُلًا، كُلَّمَا غَدَا أَوْ رَاحَ». [متفق عليه] 

މާނައީ: "ހެނދުނު ނުވަތަ މެންދުރު ފަހު މިސްކިތަށް ހިނގައްޖެމީހާ ދަންނައެވެ. އޭނާ މިސްކިތަށް ދާ ކޮންމެ ފަހަރެއްގައި އޭނާއަށްޓަކައި ﷲ މެހެމާނުދާރީއެއް ތައްޔާރުކުރައްވައެވެ." 

މިޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައި އެވަނީ ފަތިސްނަމާދަށާއި ޢަޞްރުނަމާދަށް ދިއުމުގެ ވާހަކައެވެ. 

އެނގިގެން މިދަނީ ފަތިސް ނަމާދާއި ޢަޞްރު ނަމާދަށް ދިއުމުގެ މުހިންމުކަމެވެ. ހިތާމައަކީ ފަތިސްނަމާދުގެމަތިން ގިނަ ބައަކު ހަނދާންނައްތާލާފައިވާ ކަމެވެ. އަދި ފަރުޟު 5 ނަމާދުގެ ޖަމާޢަތްތަކަށް ދެވޭވަރު މަދުކަމެވެ. 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން