އެސްފީނާއިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަން-

ކިޔުމަށް ހޭދަވާނީ 3މ 32ސ
އެސްފީނާއިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. 

الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا

މާނަ: އެސްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗެއް މިންވަރުފުޅު ފަހަނައަޅައިދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ، އެސްފީނާ އެފަދައިން ވީހެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކިބައިން (އެސްފީނާގެ ސަބަބުން) ފެންވެރުމަށް އެދިއްޖެނަމަ، ފަހެ، އެކަން ކުރާހުށިކަމެވެ."

·      ﷲ ތަޢާލާގެ އެއްކައުވަންތަކަން ހިތުގައި ޤަބޫލުކުރުން

·      މުޅިކައުނު ހިންގަވާ ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރުން

·      ހެޔޮ ޢަމަލުތައް ގިނަކުރުން

·      ފާފަތަކުން ދުރުހެލިވުން

·      ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުން

·      ހެނދުނާ ހަވީރުގެ ޛިކުރުތައް ގަވާޢިދުން ކިޔެވުން

ހެނދުނުގެ ޛިކުރުތައް ކިޔެވުން މޮޅު އިތުރު ވެގެންވަނީ ފަތިސްނަމާދަށް ފަހުގައެވެ.

ހަވީރުގެ ޛިކުރުތައް ކިޔުން މޮޅުއިތުރުވެގެން ވަނީ އަސްރު ނަމާދަށް ފަހުގައެވެ.

·      ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރުމާއި، ދިމާވާ ކޮންމެ ކަމަކީ އެސްފީނާ އަދި ސިހުރު ކަމަށް ނުނިންމުން

·      ތިމާ ލޯބިވާ އެއްޗެއް ފެނިއްޖެނަމަ ބަރަކާތް ލެއްވުން އެދި ދުޢާކުރުން

·      ފަރްޟު ނަމާދުތަކަށް ރައްކާތެރިވުން

·      އަބަދުވެސް ވުޟޫ މަތީގައި ހުރުން

·      ސުންނަތް ނަމާދުތައް ގިނަކުރުން

·      ރަވާތިބު ސުންނަތްތައް ކުރުމަށް އިސްކަން ދިނުން

·      އަބަދުވެސް ޛިކުރު ކުރެވޭތޯ ބެލުން

·      ޞަދަޤާތް ދިނުން ފަދަ ހެޔޮ ޢަމަލުތައް ގިނަ ގިނައިން ކުރެވޭތޯ ބެލުން 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގައިވެއެވެ.

އަބޫ ސަޢީދު الخدري رضي الله عنهއަރިހުން ރިވާވެގެން ވެއެވެ. ޖިބުރީލްގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެއަށްފަހު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު ބަލިމަޑުކަމެއްގެ އުނދަގުލެއް ވޭހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 

بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ 

މާނައީ: "ތިބާއަށް އުނދަގޫކުރަނިވި ކޮންމެ އެއްޗެއްގެ ކިބައިންނާއި އަދި ނުބައިވެގެންވާ ކޮންމެ ނަފްސެއްގެ ކިބައިންނާއި އަދި ޙަސަދަވެރިއެއްގެ އެސްފީނައަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ އިސްމުފުޅުން ތިބާއަށް ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ! ﷲގެ އިސްމުފުޅުން ތިބާއަށް ރުޤްޔާ ކުރަމެވެ!

 

މިއަދު އޮންލައިން