މާފުކުރަންޖެހޭ ޙާލަތުގަ ފަސޭހައިން މާފުކޮށް އަނެކާއަށް ކުރެވުނު ކުށްމަތިން ހަނދާން ނައްތައިލުމަކީ އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ނުބީހޭނެ މީހުންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
މާފުކުރަންޖެހޭ ޙާލަތުގަ ފަސޭހައިން މާފުކޮށް އަނެކާއަށް ކުރެވުނު ކުށްމަތިން ހަނދާން ނައްތައިލުމަކީ އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ނުބީހޭނެ މީހުންގެ ސިފައެއް!

މީހަކަށް ލިބޭނެ އެންމެ ބޮޑުއުފާވެރިކަމަކީ ހިނދުކޮޅަކަށް ނަމަވެސް ނަރަކައަށް ވަންނަން ނުޖެހި ސުވަރުގެ ވަދެވުމެވެ. ވީމާ އެންމެ ފައިދާހުރި ކަމަކީ އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ނުބީހި ނަރަކައިން މިންޖުވެވުމެވެ. 

އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން އެއްވެސް މިންވަރަކަށް ނުބީހޭނެ 3 ސިފައެއް ވެއެވެ. ޙަދީޘްފުޅުން އެނގެން އޮތް ފުރަތަމަ ސިފައަކީ އެމީހެއްގެ ކިބައިން އެއްވެސް ބާވަތެއްގެ އެހީތެރިކަމަކަށް އެދެން ބޭނުންވުމުން އެމީހަކާއި ބައްދަލުވާ، ވާހަކަ ދެކެވޭ މީހާ ކަމަށެވެ. އެހީތެރިކަމުގެ ތެރޭގައި އެމީހެއްގެ ކިބައިން ނަޞޭޙަތެއް ނުވަތަ ލަފައެއް ބޭނުންވެގެން ބައްދަލުކުރަން ބޭނުންވެސް ހިމެނެއެވެ. 

މިސާލަކަށް ދީނުގެ ކަމެއްގައި ދަންނަ މީހެއްގެ ކިބައިން ކަމެއް އޮޅުންފިލުވަން ބޭނުންވެދާނެއެވެ. ސިޔާސީ ގޮތުން މަތީ މަޤާމެއްގައި ހުރި މީހެއްގެ ކިބައިން ކަމެއް އޮޅުންފިލުވަން ބޭނުންވެދާނެއެވެ. އެއިން ކޮންމެ ޙާލަތެއްގައިވެސް، ކިބުރުވެރިކަމެއް، ބޮޑާކަމެއް ނެތި މީސްތަކުންނާއި ބައްދަލުކޮށް އެހީތެރިވާ މީހުން މީގެ ތެރޭގައި ހިމެނިގެންވެއެވެ. 

ދެވަނައީ މީސްތަކުންނަށް ހިތްހެޔޮ އޯގާތެރި މީހުންނެވެ. އަދި އެމީހުންގެ ގާތުގައި ވާހަކައެއް ބުނުމުން ތިމާއަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަޤީންކަން އޮންނަ މީހުންވެސް މީގެތެރޭގައި ހިމެނިގެންވެއެވެ.

ބައެއް މީހުންގެ ގާތުގައި ވާހަކައެއް ބުނަން އެބަ ޖެހިލުންވެއެވެ. އެއީ ބުނެވޭ ބަހަކުން ނުބައި މާނައެއް ނަގައިފާނެތީއެވެ. އެސިފަނެތި މީސްތަކުންނާއި ބައްދަލުކޮށް އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާ މީހުން މިބައިގައި ހިމެނިގެންވެއެވެ. 

ދެން އޮތީ ތިންވަނަ ބައެވެ. ނުވަތަ 3 ވަނަ ސިފައެވެ. އެއީ މީހަކަށް ކުށެއް ކުރެވުނަސް އެކަމަށް މާފަށް އެދުމުން ފަސޭހައިން މާފުކޮށް އަނެކާއަށް ކުރެވުނު ކުށްމަތިން ހަނދާން ނައްތައިލާ މީހުންނެވެ. އެކަން އެއްވެސް ވަރަކަށް ހިތުގައި ނުބާއްވާ މީހުންނެވެ. އެކަމުގެ ވާހަކަ ނުވެސް ދައްކާ މީހުންނެވެ.

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން  

The kind and the lenient people:

Ibn Mas`ud (may Allah be pleased with him) narrated that the Messenger of Allah (peace be upon him) said: 

"Every person who is kind, lenient, and near to the people shall be forbidden to enter Hell-Fire."

Abdullah ibn Mas`ud (may Allah be pleased with him) narrated that the Messenger of Allah (peace be upon him) said:

"Shall I tell you whom the (Hell) Fire is forbidden to touch? It is forbidden to touch a man who is always accessible, having polite and tender nature."

 

މިއަދު އޮންލައިން