އެކުވެރިންނާއެކު ވަޤުތު އިޝްރާފްކުރުން ހުއްޓާލަންޖެހޭ އެންމެ ބޮޑު އެއް ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެކުވެރިންނާއެކު ވަޤުތު އިޝްރާފްކުރުން ހުއްޓާލަންޖެހޭ އެންމެ ބޮޑު އެއް ސަބަބު-

ތިބާގެ ކިތަންމެ ގާތް މީހަކަށް ނަމަވެސް މާގިނައިން ފޯނުކުރަން ފަށައިފިނަމަ ޖަވާބުދިނުން ހުއްޓައިލާނެއެވެ. ފޫހިވެ ގިނަ ފަހަރު ނަމްބަރު ސައިލެންޓްކުރުވުން ފަދަ ކަންކަންވެސް ކުރާނެއެވެ. ނޫންނަމަ ގުޅާއިރަށް ނުބައި މެސެޖެއް ލިބޭނެ ގޮތް ހަދާނެއެވެ.  

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި މިކަން މުޅިން ތަފާތެވެ! ކަންކަމުގައި ގިނައިން ދެންނެވިވަރަކަށް އެމީހަކު ދެކެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީއެވެ. އެމީހަކަށް ރުހިވޮޑިގަންނަވަނީއެވެ. އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވަނީއެވެ.  

ވިސްނައި ފިކުރުކުރާށެވެ! އެނގިގެން މިދަނީ އަހުރެމެން އިންސާނުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. އެކަމަކުވެސް ގިނަ ބައަކު ޢަމަލުކުރަނީ އެންމެ ނުބައިކޮށެވެ. އެކުވެރިންނަށް ވަޤުތުދޭންވެގެން ނަމާދުވެސް އަޅަނީއެވެ. ކުރަންޖެހޭ އެހެންވެސް އަޅުކަން ނުކުރަނީއެވެ.  

ހަމައެކަނި ދެންމެ މިބުނި ކުޑަކުޑަ ވާހަކަކޮޅަށް ބަލާފައިވެސް ނިކަން ބުނެބަލާށެވެ! ވަޤުތުދޭންވީ އެކުވެރިންނަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! ތިމާގެ ދިރިއުޅުމަށް ނުވަތަ އާޚިރަތަށް ފައިދާނުކުރާނެ ކަންކަމުގައި ވަޤުތުހޭދަކުރުމަކީ ލިބިގަނެވޭ ބޮޑުގެއްލުމެކެވެ. އަޅުކަމުގައި ވަޤުތު ހޭދަކުރުމަކީ އެމީހެއްގެ ދުނިޔެއާއި އާޚިރަތަށްވެސް ފައިދާކުރާނެ ކަމެކެވެ. ސުވަރުގެ ޙާޞިލުކުރެވޭނީ މިކަންކަމަށް ވިސްނައި ފިކުރުކޮށް އަދި ޢަމަލުވެސް ކުރިވަރަކުންނެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން