ސައުދީން ދިން ކާރުގެ ރެޖިސްޓްރޭޝަން މައްސަލަ އޭސީސީން ބަލަނީ

ކިޔުމަށް ހޭދަވާނީ 48ސ
ސައުދީން ދިން ކާރުގެ ރެޖިސްޓްރޭޝަން މައްސަލަ އޭސީސީން ބަލަނީ

ރާއްޖޭގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް ސައުދީ އަރަބިޔާއިން ހަދިޔާ ކޮށްފައިވާ ކާރެއް މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މުހައްމަދުގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ މައްސަލަ އޭސީސީއިން ބަލަން ފަށައިފިއެވެ. 

އެނގިފައިވާ ގޮތުގައި މިމައްސަލައާއި ގުޅުން ހުރި ލިޔުންތަކެއް އޭސީސީން ވަނީ ކަސްޓަމްސް މެދުވެރިކޮށް ހޯދާފައެވެ.

ދިވެހި ދައުލަތަށް ހަދިޔާ ކޮށްފައިވާ ކާރެއް އަމިއްލަ މީހެއްގެ ނަމުގައި ރެޖިސްޓަރީ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީން ވެސް ހާމަ ކޮށްފައިވެއެވެ.

މުސްތަފާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ސައުދީން ހަދިޔާ ކުރި އެކާރު ކުރިން ރެޖިސްޓްރީ ކޮށްފައިވަނީ ލ. ފޮނަދޫގައި ދުއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން