ކ.ގުޅިއަށް ވަޑައިގަތުމުން ރާއީސް އަށް ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކ.ގުޅިއަށް ވަޑައިގަތުމުން ރާއީސް އަށް ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ކ. ގުޅިއަށް މިއަދު މެންދުރުފަހު ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅަކީ އެ ރަށުގައި ހިންގާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގަތުމާއެކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކައުންސިލްގެ އިސްވެރިންގެ އިތުރުން އެ ރަށު އެކި މުޢައްސަސާތަކުގެ ވެރިން ވަނީ އެއްވެފައެވެ. ރަށުގެ ރައްޔިތުން ވަނީ އުފާވެރިކަމާއެކު ރައީސަށް މަރުހަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގުޅީގައި ހިންގި ބިން ހިއްކުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ރަސްމީކޮށް ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމަށް ރައްޔިތުން ދެކެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ގުޅީގެ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކޮށްދޭ އަދި ތަރައްޤީގެ އާ މަޝްރޫޢުތަކެއް ފެށިގެންދާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން