މާލީ މިނިވަންކަމާއެކު ކޯޓުތަކުގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ: ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މާލީ މިނިވަންކަމާއެކު ކޯޓުތަކުގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ: ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ

ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެންދިޔުމާއެކު، ކޯޓުތަކުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ (ސީޖޭއޭ) އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަމްޖަދު ވިދާޅުވީ، މާލީ މިނިވަންކަމުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތްތައް ހަލުވިވެ، އިދާރީ ގޮތުން ދިމާވާ ދަތިތައް ހައްލުވާނެ ކަމަށެވެ.

އަމްޖަދު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ޝަރުޢީ ދާއިރާ ތަޙައްމަލުކުރަން ޖެހިފައިވަނީ މާލީ ގޮތުން ދަތި ދުވަސްވަރެކެވެ. މާލީ ދަތިކަން ހުރުމުގެ ސަބަބުން ކޯޓުތަކަށް ޖާގަ ތަނަވަސްކުރުމާއި، ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މާލީ މިނިވަންކަމާއެކު މިފަދަ އިދާރީ ދަތިތަކަށް ލުއި ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ މި ދަތިތައް ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދާއިރާއަށް މާލީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމުގެ ދަށުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާގެ ގްރާންޓުގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

އަމްޖަދު ވިދާޅުވީ، މާލީ މިނިވަންކަން ހޯދައިދިނުމަށް ސަރުކާރުން ނިންމެވުމާއެކު ކޯޓުތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގައި މާލީ ލުއި ފަސޭހަކަން ލިބި، ކޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށްވެސް އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން އިމާރާތް ކުރުމާއި މަރާމާތު ކުރުންފަދަ ކަންކަމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަތައް ހޯދުމަށް ދިގުލާ ދުވަސްތައް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން