ފާއިތުވި 2 އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ރައީސް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު: ޤާސިމް އިބްރާހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފާއިތުވި 2 އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ރައީސް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު: ޤާސިމް އިބްރާހީމް

ފާއިތުވި 2 އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށް ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް ކާމިޔާބު ދެ އަހަރު ފުރުމުގެ ތަހްނިޔާ އަރިސްކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް ރައީސް މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤެވެ.

ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީއްޖާ، ﷲގެ ރަޙްމަތާއި އެކު ދަތުރު ކުރަނީ ކާމިޔާބުގެ މަގަށް ކަމަށެވެ. އަދި މި ކުރު މުއްދަތުގައި ހާޞިލް ކުރި ކާމިޔާބީތައް ދައްކުވައިދެނީ ރައީސްގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުންކަން ޔަޤީންކުރައްވާ ކަމަށެވެ.

އެގޮތުން، ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމެންޓްރީ ގުރޫޕަށް މި އުފާވެރި މުނާސަބަތުގައި ސާބަސް ދެއްވާފައިވެއެވެ.

ޤާސިމް އިބްރާހީމް ވަނީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ﷲ ތަޢާލާ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

މިއަދު އޮންލައިން