ފުވައްމުލަކު ފެނަކަ ބްރާންޗުން ދޫކުރަމުންދާ ފެނަކީ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއް: ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފުވައްމުލަކު ފެނަކަ ބްރާންޗުން ދޫކުރަމުންދާ ފެނަކީ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއް: ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީ

ފުވައްމުލަކު ފެނަކަ ބްރާންޗުން ދޫކުރަމުންދާ ފެނަކީ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއްކަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީ (ޔޫއާރުއޭ) އިން ކަށަވަރުކޮށްދެއްވައިފިއެވެ. މިކަން ހާމަކޮށްފައި މިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން ކުރިންވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައެވެ. އެމްއެފްޑީއޭއިން ވިދާޅުވެފައިވާ ގޮތުގައި، މި ތަޙުލީލުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި މި ފެނަކީ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ފުވައްމުލަކުގައި ފެނަކައިން ދޫކުރަމުންދާ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއްކަމަށެވެ. މިއީ، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުނިސިޕަލް ފެން ދޫކުރުމުގައި ބަލަހައްޓަންޖެހޭ މިންގަނޑުތަކެވެ.

ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ދެ އިދާރާގެ ފަރާތުންވެސް މިކަން ކަށަވަރުކޮށްދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބުނު ލުޔެކެވެ. މިކަމުން ދައްކުވައިދެނީ ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރާ ފެނުގެ ކޮލިޓީ ބެލެހެއްޓުމަށް ދެމުންދާ ސަމާލުކަމެވެ.

މިއަދު އޮންލައިން