3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ: ރައީސް

ސަރުކާރުން އަޅާ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާވެސް ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ ސަރުކާރުން އިޢުލާނުކުރި "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތަކީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރާ އެންމެ ބޮޑު މަސައްކަތްކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރަށްވެހިންގެ ދުވަސްވީ ކެކުޅުންތަކަށް ދާއިމީ ޙައްލު ގެނެސްދޭނެ މަސައްކަތަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ 15000 ގޯއްޗާއި 7500 ފްލެޓް ދޭން ނިންމާ އުސޫލު އިޢުލާނުކޮށްފައެވެ. އަދި މި ފުރުޞަތުގައި ކުރިމަތިލުމުގެ ފުރުޞަތު ޖެނުއަރީ މަހު ފުރަތަމަ ހަފްތާގައި ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިއީ މި މަސައްކަތުގެ ފުރަތަމަ ބުރުކަމަށާއި، ހަމައެކަނި ރަސްމާލެއިން އެކަނިވެސް 25000 ގޯތި ދޭނެކަމަށެވެ. މި ގޯތިތަކަކީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރަސްމާލެ ތަރައްޤީކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައިކަމަށާއި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ޕްލޭންގައި ހިމެނޭކަމަށެވެ.

މިއަދު އޮންލައިން