ޤައުމީ އެއަރލައިން މޯލްޑިވިއަނުން ސްރީލަންކާގެ ކޮލޮމްބޯއަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައި، އެ ދަތުރުތަކަށް ޚާއްސަ އަގުހެޔޮ ފެއަރއެއް ތަޢާރަފުކޮށްފިއެވެ.
މި ފެއަރގެ ދަށުން ކޮލޮމްބޯއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޓިކެޓު ލިބޭނެ އެންމެ ކުޑަ އަގަކީ 99 އެމެރިކާ ޑޮލަރެވެ. މޯލްޑިވިއަނުން ވިދާޅުވި ގޮތުގައި މި ޚާއްސަ ދަތުރުތައް އޮންނާނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި 9 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ހާމަކުރެއްވި ގޮތުގައި، މި ޚާއްސަ ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓެވެ. އެއާލައިނުން ވިދާޅުވީ ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޮޑު މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން، ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިއީ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކޮށް، އާއްމު ފަސިންޖަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.
މި ޚާއްސަ ފެއަރތަކުގެ ދަށުން ފަސިންޖަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، ދަތުުރުކުރާ ކޮންމެ މީހަކަށް 35 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށެވެ.