ހުޅުމާލެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 7 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 7 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހިންގަމުންދިއަ ތިން ކެފޭއެއް ބަލައި ފާސްކުރުމަށްފަހުގައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކޮށް، ގާނޫނުގެ ތެރެއަށް ގެނައުމަށްޓަކައި ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެއެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ސަރަހައްދުން ޖުމްލަ 3 ކެފޭއެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މި ތިން ތަން ބަލައި ފާސްކުރުމުގެ ތެރެއިން، ރާއްޖޭގެ އިމިގްރޭޝަން ގަވާއިދުތަކާ ހިލާފަށް ދިރިއުޅެމުންދިޔަ 7 ބިދޭސީއަކު ވަނީ ފާހަގަވެފައެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ބާރަށް ހިންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން