"މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް" ގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި އެމްޓީސީސީއާ ގުޅިފައިވާ ކަމަށް އިއުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
"މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް" ގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި އެމްޓީސީސީއާ ގުޅިފައިވާ ކަމަށް އިއުލާނުކޮށްފި

ރާއްޖެ ސާފުތާހިރުކޮށް ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް" ގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ ޕީއެލްސީ) އާ ގުޅިފައިވާކަމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުބް މިއަދު އިއުލާނުކޮށްފިއެވެ. މި އެއްބާރުލުމަކީ ކޮންފަރެންސްގެ ކާމިޔާބީއަށްޓަކައި މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

"މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ކުނި މެނޭޖްކުރުމުގެ ދާއިރާގައި ކުރިއެރުން ހޯދުމަށް މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސަށް އެމްޓީސީސީ ފަދަ ބޮޑު އަދި ތަޖުރިބާކާރު ކުންފުންޏެއްގެ އެހީތެރިކަން ލިބުމަކީ، ކޮންފަރެންސްގެ މަގްސަދުތައް ހާސިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އަބަދުވެސް އިސްކަންދެމުން އަންނަ ކަމަށް ބުނެފައެވެ. މި އެއްބާރުލުމުގެ ދަށުން، ކޮންފަރެންސްގެ އިންތިޒާމުތަކަށް އެމްޓީސީސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ގޮތުން ކޮންފަރެންސްގެ ތަފާތު ސެޝަންތަކާއި ހަރަކާތްތައް ރޭވުމާއި، ބައިވެރިންނަށް ފަސޭހަކޮށްދިނުމަށް އެމްޓީސީސީގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މި ކޮންފަރެންސުން ރާއްޖެ ސާފުތާހިރުކޮށް ބޭއްވުމަށް ބޭނުންވާ ސިޔާސަތުތަކާއި ހައްލުތައް ހޯދުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށް ލަފާކުރެވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އާންމުންގެ މެދުގައި ސާފުތާހިރުކަމުގެ މުހިންމުކަން އިތުރަށް ހޭލުންތެރިކުރުވުމަށްވެސް އެހީތެރިވެގެންދާނެއެވެ. މި އެއްބާރުލުމުގެ ސަބަބުން، "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އަކީ ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް ގިނަގުނަ ކުރިއެރުންތަކެއް ގެނެސްދޭނެ ކޮންފަރެންސެއްކަމަށް އުންމީދުކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން