ލިމާލޭގައި ބީއެމްއެލް ޑޮލަރު އޭޓީއެމެއް އަންނައަހަރު ބަހައްޓަން ވަނީ ނިންމާފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލިމާލޭގައި ބީއެމްއެލް ޑޮލަރު އޭޓީއެމެއް އަންނައަހަރު ބަހައްޓަން ވަނީ ނިންމާފަ: ރައީސް

ވިލިމާލޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމެއް އަންނަ އަހަރު ބަހައްޓަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ނިންމުމަކީ ވިލިމާލޭ ރައްޔިތުންނަށް ދިމާވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް މަސައްކަތްތައް ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުންނަށް ކުޑަ ކަމަކުންވެސް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަންކަން ހުންނަ ކަމަށާއި، ޑޮލަރު އޭޓީއެމް ބެހެއްޓުމަކީވެސް އެފަދަ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިދޭތެރެއިން އިއުލާންކުރިން 70 ރަށެއްގައި ޔޫއެސް ޑޮލަރު ބަހައްޓާވަހަކަ. މިއަންނަ މާޗު މަހުގެ ނިޔަލަށްދާއިރު ބަހައްޓާވާހަކަ. އޭގެ ތެރެއިން އެއް އޭޓީއެމް ވިލިމާލޭގައި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފަ" ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަކީ އެރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ޚާއްސަކޮށް، ޑޮލަރުގެ މުޢާމަލާތްތައް ކުރުމަށްޓަކައި މާލެއަށް ދަތުރުކުރަންޖެހޭ މިންވަރު މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމަށް ބެލެވެއެވެ. ސަރުކާރުގެ މި މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

މިއަދު އޮންލައިން