ނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މުޅި ރާއްޖެއަށް އާންމުގޮތެއްގައި ވައި ބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ ކަނޑުމަގުން ކުރަންޖެހޭ ދަތުރުތަކާ ބެހޭގޮތުން ވަރަށް މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.

ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ގޮތުން، ދަތުރުކުރައްވާ އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ ތެރޭގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި، ދޯނީގައި ލައިސަންސް ބެހެއްޓުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އަންގާފައެވެ.

ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވާއިރު، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ކަނޑު ދަތުރުފަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އާންމުކޮށް އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން