ތ.ވޭމަންޑޫ ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ތ.ވޭމަންޑޫ ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ތ.ވޭމަންޑޫ ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ކަނދުފަތީގެ ނަންބަރަކީ L09V02 އެވެ. މި ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:

2 ° 6.700’ E

73 ° 5.700 N

ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން