އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ. މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ނ. އަތޮޅުގައި މަޝްރޫޢެއް ހިންގުމަށެވެ. މިއީ އެސްއީޒެޑްގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު، ރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއަށް އާ ބާބެއް ފެށިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުގައެވެ. ނަމަވެސް، އިޤުތިޞާދީ ހަރަކާތްތަކަށް ހުޅުވާލުމަށްޓަކައި އަހަރުތަކަކަށްފަހު މި ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓަރުން ޝައުޤުވެރިވާފަދަ ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ވަނީ ގެނެސްފައެވެ. އެސްއީޒެޑު ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ރައީސް ވަނީ ތަސްދީޤުކުރައްވާފައެވެ. މި އިސްލާޙާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓްއިން ވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިފަދަ ބޮޑު މަޝްރޫޢެއް އެސްއީޒެޑްގެ ދަށުން ހިންގުމަށް ހުއްދަ ލިބުނު ފުރަތަމަ މަޝްރޫޢެވެ.

މި ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ވިދާޅުވީ، <emގެ>“ސަސްޓެއިނަބަލް ޕްރޮޖެކްޓްގެ ހުއްދަ ރަސްމީކޮށް ލިބުމުން އުފާކުރާކަމަށެވެ. އަދި ޓައުންޝިޕެއް ޤާއިމުކުރުމަށް އެފަދަ ހުއްދައެއް ލިބުނު ފުރަތަމަ ކުންފުންޏަކަށް ވުމަކީ ލިބޭ ޝަރަފެއް” ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ނ. އަތޮޅުގެ އިޤުތިޞާދީ ހާލަތަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.</emގެ>

މިއަދު އޮންލައިން