ޙައްޖު އަދި ޢުމްރާއަށް މީހުންގެންދާ ގްރޫޕްތަކުގެ ތެރެއިން އުސޫލުތަކަށް ތަބާވާ ގްރޫޕްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޙައްޖު އަދި ޢުމްރާއަށް މީހުންގެންދާ ގްރޫޕްތަކުގެ ތެރެއިން އުސޫލުތަކަށް ތަބާވާ ގްރޫޕްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދެނީ

ޙައްޖު އަދި ޢުމްރާއަށް ރައްޔިތުން ގެންދާ ގްރޫޕްތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭ އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އުސޫލުތަކަށް އެންމެ ފުރިހަމައަށް ތަބާވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދިނުމަށް ނިންމަވައިފިއެވެ. މި އެވޯޑަކީ ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމަށްޓަކައި ބޭނުންވާ އުސޫލު މިހާރު އެކުލަވާލާފައިވާކަމަށާއި، މި އުސޫލާ ގުޅޭގޮތުން ޙައްޖު ޢުމްރާ ކޮންފަރެންސްގެ ތެރެއިން ގްރޫޕްތަކާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. މި މަޝްވަރާތަކަށްފަހު އުސޫލު ފައިނަލްކޮށް، އަންނަ އަހަރުން ފެށިގެން ކުންފުނިތަކަށް މި ޚާއްސަ އެވޯޑު ދެމުންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްޞަދަކީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް ދާ ދިވެހީންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މިގޮތުން، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކާއެކު ޙައްޖު ޢުމްރާ ކޮންފަރެންސް ބާއްވަމުން އަންނަނީ، ދިވެހި ހައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައެވެ.

ވުޒާރާގެ އުސޫލުތަކަށް ތަބާވެ، އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭ ގްރޫޕްތަކަށް ޚާއްސަ އެވޯޑެއް ދިނުމަކީ، މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. 

އަންނަ އަހަރުން ފެށިގެން މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން