"ކެޔޮޅު އެޕް" މެދުވެރިކޮށް އިސް ލިބެން ހުރި މިންވަރު ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
"ކެޔޮޅު އެޕް" މެދުވެރިކޮށް އިސް ލިބެން ހުރި މިންވަރު ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު "ކެޔޮޅު އެޕް" މެދުވެރިކޮށް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ޚިދުމަތަކީ މަސްވެރިންނަށް ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށް ވެގެންދާނެއެވެ.

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރ.ދުވާފަރުގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސް މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

ކެޔޮޅު އެޕްލިކޭޝަންގައި ހިމަނާފައިވާ މި އާ ފީޗަރ މެދުވެރިކޮށް، މަސްވެރިންނަށް ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެއެވެ. މީގެ އިތުރުން، އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު ވެސް ވަގުތުން އެނގޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އައިސް ހޯދުމަށް ދަތުރުކުރަންޖެހޭ ދަތުރުތައް ކުރުކޮށް، ވަގުތާއި ހޭދަ ސަލާމަތް ކުރެވޭނެއެވެ.

މިއަދު އޮންލައިން