ޑިސްކަަވަރ އެއަރލައިންގައި ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޑިސްކަަވަރ އެއަރލައިންގައި ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން، ޑިސްކަވަރ އެއަރލައިންގައި ޖަރުމަނުގެ ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ. ޑިސްކަވަރ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ އެކި ދުވަސްވަރުގައެވެ.

ރާއްޖެއަށް ޑިސްކަވަރ އެއަރލައިންގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއަރލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މިކަމުގެ ސަބަބުން، ދަތުރުކުރާ ފަރާތްތަކަށް ޚިދުމަތްތައް ލިބިގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޑިސްކަވަރ އެއަރލައިންސްއިން މާލެއާއި ފްރޭންކްފާޓާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޔޫރަޕްގެ މާކެޓާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ. ޑިސްކަވަރ އެއަރލައިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ވީއައިއޭގެ އައު ޓާމިނަލުންނެވެ. އެއަރޕޯޓުގެ އައު ޓާމިނަލްގެ ޒަމާނީ ވަސީލަތްތަކާއެކު، ދަތުރުވެރިންނަށް ފަސޭހަ އަދި އަރާމު ތަޖުރިބާއެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން