ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިމުމުގެ ރަސްމިއްޔާތު މިނިސްޓަރ ސަޢީދު ޝަރަފުވެރިކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިމުމުގެ ރަސްމިއްޔާތު މިނިސްޓަރ ސަޢީދު ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕުރޮގުރާމުގެ ބެސްޓް ޑިސަރޓޭޝަން އެވޯޑާއި ބެސްޓް އޯލް ރައުންޑް އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ހޮވުނު ދަރިވަރަށް ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

"ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކުޑަ ސެޓަލައިޓް ޕޯޓްތަކެއް ތަރައްޤީކުރުމާއި، އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނޭ. ކުރިއަށް ރޭވިފައިވާ މި މަސައްކަތްތަކާއެކު ޕޯޓުގެ ގޮންޖެހުންތަކަށް ޙައްލު އަންނާނެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2000ވަނަ އަހަރު ރާއްޖޭގެ ވިޔަފާރި ބަނދަރުން ޚިދުމަތް ދިނީ، 30،000 ޓީއީޔޫ ކޮންޓެއިނަރުގެ ކެޕޭސިޓީއަށްކަމަށެވެ. މީގެ 25 އަހަރު ފަހުން، މިއަދު 100،000 ޓީއީޔޫ ކޮންޓެއިނަރަށް ޚިދުމަތް ދޭކަމަށެވެ. ފަތުރުވެރިކަން ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އައި ކުރިއެރުމާ ގާތަށްވެސް، ޕޯޓުގެ ޖާގަ އިތުރުކޮށް އިޤްތިޞާދަށް ބޭނުންވާ މިންވަރަށް އެކަށިގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ.

 

މިއަދު އޮންލައިން